ފާޑުކިޔުންތައް އެންމެ ގިނައިން ލިބެނީ އަންހެނުންގެ ފަރާތުން ކަމަށާއި އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ބޮލީވުޑްގެ ތަރި އާލިއާ ބަޓް ބުނެފި އެވެ.
ފާޑުކިޔުންތައް އެންމެ ގިނައިން ލިބެނީ އަންހެނުންގެ ފަރާތުން ކަމަށާއި އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ބޮލީވުޑްގެ ތަރި އާލިއާ ބަޓް ބުނެފި އެވެ.
އާލިއާ މިފަހުން އޭނާގެ މޫނަށް ބޮޓޮކްސް ޖަހައިގެން، ބޮޓޮކްސް ފެއިލްވެގެން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައި، މަލާމާތްކޮށްފަ އެވެ. އަދި އެންމެފަހުން ނުކުތް އޭނާގެ ފިލްމު "ޖިގްރާ"ގެ ބޮޑު ނާކާމިޔާބީއާ ގުޅުވައި ވެސް ގިނަ ބަޔަކު އޭނާއަށް ފާޑުކިޔެވެ.
މި ފާޑުކިޔުންތައް ބޮޑުވުމުން އާލިއާ ވަނީ އެކަމަށް ރައްދުދީ، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މިދިޔަ ހުކުރު ދުވަހު ޕޯސްޓެއްކޮށްފަ އެވެ.
އެ ޕޯސްޓުގައި އާލިއާ ބުނީ ކޮސްމެޓިކް ސާޖަރީ ހެދުމަކީ އެމީހެއްގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި އެކަން ކުރާ މީހަކަށް އޭނާ ފާޑު ނުކިޔާނެ ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ އިހުތިޔާރުގައި ކުރެވިދާނެ ކަމެއް ކަމަށް އާލިއާ ބުންޏެވެ.
އެކަމަކު، އޭނާގެ ބޮޓޮކްސް ފެއިލްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ވީޑިއޯ އާއި ކްލިކެބްއިޓް ނޫސްތަކުގައި ލިޔަމުންދާ ޚަބަރުތަކަކީ ވަރަށް ނާތަހުޒީބު ކަންތައްތަކެއް ކަމަށާއި އެއީ ވަރަށް ދެރަވަރުގެ ކަންކަން ކަމަށް ވެސް އާލިއާ ބުންޏެވެ.
"މި ފާޑުކިޔަނީ އިންސާނެއްގެ މޫނު ހުރި ގޮތަށް. އަދި ފާޑަކަށް 'ސައިންޓިފިކް އެކްސްޕްލެނޭޝަނެއް' ދޭ ގޮތަށް އަހަރެންގެ މޫނުގެ އެއްފަޅުން ވާގި ގޮސްފިޔޭ ކިޔައިގެން، މިއީ ދެން ކޮން ކަމެއް؟ މިއީ ޖޯކެއްތަ؟ މިއީ އެއްވެސް ހެއްކެތް، ޔަގީންކަމެއް އަދި ސާބިތުހިފޭ އެއްވެސް ހެއްކެތް ނެތި ފަތުރާ ދޮގު ވާހަކަތަކެއް،" އާލިއާ ބުންޏެވެ.
"މީގެ އެންމެ ދެރަ ކަމަކީ މި ކަހަލަ ދޮގު ވާހަކަތައް ފަތުރައިގެން ޒުވާން ކުދިންގެ ބޯ ކާލާތީ، މި ދޮގުތައް އެމީހުންނަށް ގަބޫލުކުރެވޭ ވަރު ކުރާތީ. މިއީ ކިއްކުރަން ދައްކާ ވާހަކަތަކެއް؟ ކްލިކްބެއިޓަށްތަ؟ ސަމާލުކަން ހޯދަންތަ؟ މީގެ އެއްވެސް މާނައެއް ނެތް."
އާލިއާ ބުނި ގޮތުގައި، ސޯޝަލް މީޑިއާގައި އަންހެނުންނަށް އަމާޒުކޮށް ފާޑުކިޔައި މަލާމާތްކުރާ މައްސަލަ މިހާރު ވަރަށް ބޮޑެވެ. އަންހެނެއްގެ މޫނު ހުންނަ ގޮތަށާއި އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށާއި އޭނާގެ ދިރިއުޅުމުގައި ހިނގާ އެހެން ކަންކަމާ ވެސް މީހުން ބެހެ، މަލާމަތްކުރެ އެވެ.
ފާޑުކިޔައި މަލާމަތްކުރުމުގެ ބަދަލުގައި ރަނގަޅު ކަންކަމުގައި މީހުންނަށް ހިތްވަރުދިނުން މާ ރަނގަޅުވާނެ ކަމަށް އާލިއާ ބުންޏެވެ.
"އަދި މީގައި އެންމެ ހިތާމަވެރި ކަމަކީ ކޮބާ؟ ގިނަ ފާޑުކިޔުންތައް އަންނަނީ އެހެން އަންހެނުންގެ ފަރާތުން،" އާލިއާ ބުންޏެވެ.
"ލިވް އެންޑް ލެޓް ލިވްއޭ ކިޔައިގެން ކިހިނެއްވީ؟ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ އިހުތިޔާރުތަކެއް އޮވެޔޭ ކިޔައިގެން ކިހިނެއްވީ؟ އޭގެ ބަދަލުގައި، އެކަކު އަނެކަކަށް ފާޑުކިޔައި މަލާމަތްކުރުން އާންމު ކަމަކަށް ހަދައިފި."
އާލިއާ މިހާރު ބާރަށް ވާހަކަ ނުދައްކާ: ރަންބީރް
ރަންބީރު ދަރިފުޅަށް އެއްޗެހި ގަންނަން ފަށައިފި
ބްލެކްޕިންކްގެ ޖެނީ ލަވައެއް ކޮޕީކުރިކަމުގެ ތުހުމަތު
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ކެޓްރީނާ އަށް ކަމުދަނީ ވިކީ ތުނބުޅި ބެހެއްޓީމަ
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި
ޕޫނަމްގެ ގެއިން އަގުބޮޑު ފަށެއް ވަގަށް ނަގައިފި