Roadha Mihaaru
އާލިއާ މިހާރު ބާރަށް ވާހަކަ ނުދައްކާ: ރަންބީރް

އާލިއާ މިހާރު ބާރަށް ވާހަކަ ނުދައްކާ: ރަންބީރް

29 ޖުލައި 2024

އޭނާއަށް އުނދަގޫވާ ކަމަކަށް ވާތީ އޭނާގެ އަންހެނުން އަދި ބޮލީވުޑްގެ އެކްޓްރެސް އާލިއާ ބަޓް މިހާރު ބާރަށް ވާހަކަ ނުދައްކާ ކަމަށް ބޮލީވުޑްގެ އެކްޓަރު ރަންބީރް ކަޕޫރް ބުނެފި އެވެ.

އޭނާއަށް އުނދަގޫވާ ކަމަކަށް ވާތީ އޭނާގެ އަންހެނުން އަދި ބޮލީވުޑްގެ އެކްޓްރެސް އާލިއާ ބަޓް މިހާރު ބާރަށް ވާހަކަ ނުދައްކާ ކަމަށް ބޮލީވުޑްގެ އެކްޓަރު ރަންބީރް ކަޕޫރް ބުނެފި އެވެ.

ޔޫޓިއުބް ޕޮޑްކާސްޓް "ޕީޕަލް ބައި ޑަބްލިއުޓީއެފް"ގައި ވާހަކަދައްކަމުން ރަންބީރް ބުނީ އޭނާގެ ބައްޕަ ރިޝީ ކަޕޫރަކީ ވަރަށް ބާރަށް ވާހަކަދައްކައި އޭނާގެ މަންމައާ ދިމާލަށް އަބަދު ހަޅޭލަވައި އުޅުނު މީހެއް ކަމަށެވެ. އެހެންވެ ކުޑައިރުއްސުރެ ބައްޕަ އެގޮތަށް ވާހަކަދައްކާ އަޑުއިވި، މީހާއަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އާލިއާ ވެސް ކުރިން ވަރަށް ބާރަށް ވާހަކަދައްކާނީ. ބައްޕަ ވެސް އެގޮތަށް ވާހަކަދައްކާ އުޅުނީމަ އަހަންނަށް ވަރަށް އުނދަގޫވޭ މީހުން ބާރަށް ވާހަކަދައްކާއިރުން. އެހެންވެ އަހަންނަށްޓަކައި އާލިއާ އެ އާދަ ދޫކޮށްލީ، އަހަންނަށް އުނދަގޫވާކަން އޭނާއަށް އެނގޭތީ. އެނގޭ އެއީ އޭނާއަށް ވަރަށް އުނދަގޫވާނެ ކަމެއްކަން، މުޅި އުމުރު އެގޮތަށް ވާހަކަދައްކާ އުޅެފައި ހުއްޓާލަން ވީމަ،" ރަންބީރް ބުންޏެވެ.

"އަހަންނަށް އުނދަގޫނުވާނެ ގޮތަށް އާލިއާ ވަރަށް ކަންކަން ކުރޭ. އެކަމަކު އަހަންނަށް ހިޔެއް ނުވޭ އާލިއާއަށް ފަސޭހަވާނެ ގޮތަށް އަހަންނަށް އަދި ކަމެއް ކުރެވުނުހެން."

ރަންބީރް ބުނީ އޭނާ އާލިއާ ބައްދަލުވި ފުރަތަމަ ފަހަރު ވެސް އާލިއާ އަކީ އޭނާއަށް ވަރަށް ހާއްސަވާނެ މީހެއްކަން އެނގުނު ކަމަށެވެ. އަދި އެކްޓަރެއްގެ ގޮތުގައި، އާޓިސްޓެއްގެ ގޮތުގައި، ދަރިއެއްގެ ގޮތުގައި އަދި ދައްތައެއްގެ ގޮތުގައި އާލިއާ ހޯދާފައިވާ ކާމިޔާބީތަކަށް އޭނާ ވަރަށް ފަހުރުވެރިވާ ކަމަށް ވެސް ރަންބީރް ބުންޏެވެ.

އާލިއާ އެކު ވަގުތު ހޭދަކުރަން އަބަދުވެސް ވަރަށް ބޭނުންވާ ކަމަށް ރަންބީރް ބުންޏެވެ.

ރަންބީރް ބުނީ އާލިއާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ވަރަށް މޮޅު މީހެއް ކަމަށެވެ.