ރައުންޑްއެބައުޓްތަކާ އެކު ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުން އެކްސިޑެންޓްތައް މަދުވެއްޖެ ކަމަށާއި އެކަމަކު އަދިވެސް މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް އެޗްޑީސީގެ ޓްރާންސްޕޯޓް، ޕްލޭނިން އެންޑް ޑިޒައިން ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު ސޮފްވާން ވިދާޅުވެއްޖެ އެވެ.
27 އޮކްޓޯބަރ 2024
ރައުންޑްއެބައުޓްތަކާ އެކު ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުން އެކްސިޑެންޓްތައް މަދުވެއްޖެ ކަމަށާއި އެކަމަކު އަދިވެސް މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް އެޗްޑީސީގެ ޓްރާންސްޕޯޓް، ޕްލޭނިން އެންޑް ޑިޒައިން ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު ސޮފްވާން ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ޓްރެފިކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސޮފްވާން ވިދާޅުވީ އެންމެ ކާރޫބާރުބޮޑު ހަތަރުއަނގޮޅިތަކާއި ތިންއަނގޮޅިތަކުގައި ރައުންޑްއެބައުޓް ހެދީ ގަވަައިދާ އެއްގޮތަށް އަމަލުކުރާ ނަމަ، އެކްސިޑެންޓް ވުމުގެ ފުރުސަތު ނޯންނާނެ ކަން ހެދި ދިރާސާއަކުން ދެއްކުމުން ކަމަށެވެ. އެ ބަދަލު ގެނައުމުން ހުޅުމާލޭގެ ޓްރެފިކަށް ވަރަށް ބޮޑަށް ލުއިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓްރެފިކް ފްލޯ ވަނީ އެ ސަރަހައްދުގައި މިހާރު ސްމޫތުވެފައި. ގަވަައިދާ އެއްގޮތަށް އަމަލުކުރާ ނަމަ، އެއްވެސް އެކްސިޑެންޓެއްވުމުގެ ޗާންސެއް ނޯންނާނެ ކަމަށް އަޅުގަނޑުމެންގެ ދިރާސާތަކުން ދެއްކީ،" ސޮފްވާން ވިދާޅުވި އެވެ.
އެހެންވެ، ފުލުހުންނާ ގުޅިގެން ޓްރަޔަލްތައް ވެސް ހަދާފައިވާ ކަމަށާއި އެ ޓްރަޔަލްތަކުގައި އިމަޖަންސީ އުޅަނދުތައް ބޭނުންކޮށް، އެ އުޅަނދުތަކަށް އެތަނުން ދިއުމަށް ފަސޭހަތޯ އާއި އެކަމަށް ނަގާ ވަގުތު ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓްރަޔަލްތަކަށް ފަހު ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ފަޔާ، އެމެޖަންސީ ވެހިކަލްތަކާއި އެމްބިއުލާންސްތަކަށް ދާންޖެހޭ ޓައިމްގައި ދެވޭތޯ ވެސް ބަލަން. އެހެންވީމަ އެ މީހުންގެ ވެހިކަލްތައް ގެނެސްގެން އަޅުގަނޑުމެން ހުންނާނެ އޮން ސައިޓުގައި ޓެސްޓްތައް ހަދާފައި. ހުންނާނެ އޮންސައިޓް ބަދަލު ވެސް ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން އެންމެ ފަހުން ހުޅުމާލޭގައި ރައުންޑްއެބައުޓް ހެދީ ބްރިޖުން ހުޅުމާލެއަށް އަރާ މައި މަގުގަ އެވެ. މިއީ ހުޅުމާލޭގެ އެއް ދިމާލަކަށް ވަރަށް ބޮޑަށް ބާރުބޮޑުވާތީ ވެހިކަލްތައް އެކި ދިމާލަށް ބަހާލުމަށް ހަދާފައިވާ ތަންތަނެވެ.
ހުޅުމާލޭގެ ޓްރެފިކް އޮޕަރޭޝަންތަކާ ގުޅިގެން އިންސްޕެކްޓާ އިސްމާއިލް ރަފީއު ވިދާޅުވީ މިހާރު ރައުންޑްއެބައުޓް ގާއިމުކޮށްފައިވާ ތަންތަނަކީ އެންމެ ބޮޑަށް އެކްސިޑެންޓުތައް ހިނގަމުން އައި ސަރަަހައްދުތައް ކަމަށެވެ. އެކަމަކު މި ބަދަލާ އެކު އެކްސިޑެންޓުތައް މަދުކުރެވިފައިވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް ގޮންޖެހުމަކީ ހުޅުމާލޭގެ ފޭސް ދެއަކަށް ދިއުމަށް ސެންޓްރަލް ޕާކު ކައިރީގައި ހަދާފައިވާ ރައުންޑްއެބައުޓްގެ ސަބަބުން ގިނަ ބަޔަކު އެތެރެ މަގުތަކުން ދަތުރުކުރާއިރު އެތަނުގައި އެކްސިޑެންޓުތައް އިތުރުވުމެވެ. އެހެންވެ، އެތަނަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އެކި މަގުތަކުން، އެއީ ފޭސް ދޭއް ނަމަވެސް ހުޅުމާލޭގެ އެކި ދިމާތަކަށް ޑައިވާޓްވެއްޖެ ނަމަ، އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ހަމަ ވަރަށް ބޮޑު ތަނުން ކާމިޔާބުވެގެންދާނެ ކަމަށް،" ރަފީއު ވިދާޅުވި އެވެ.
ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ރައުންޑުބައުޓްގެ މަސައްކަތް އެޗްޑީސީ ޓީމުން ދަނީ ކުރަމުން#އެޗްޑީސީއާއެކު#މަގޭހުޅުމާލެ pic.twitter.com/mypdKfh6Rm
— My Hulhumalé (@MyHulhumalemv) October 13, 2024
އޭނާ ވިދާޅުވި ގޮތުގައި ރައުންޑްއެބައުޓް ނެތް ނަމަ، ހަތަރުއަނގޮޅީގެ 32 ޕޮއިންޓްގައި އެކްސިޑެންޓްތައް ހިނގަ އެވެ. އެކަމަކު ރައުންޑްއަބައުޓެއް ހުންނަ ނަމަ، އެކްސިޑެންޓް ހިނގުމުގެ ފުރުސަތު އޮންނާނީ 8 ޕޮއިންޓްގައި ކަމަށް ވިދާޅުވި އެވެ.
ރަފީއު ވިދާޅުވީ، ރައުންޑްއެބައުޓް ބޭނުންކުރަން ޖެހޭ ގޮތް އާއްމުންނަށް ރަނގަޅަށް އެނގޭ ނަމަ، އެކްސިޑެންޓުތައް ހައްލުކުރެވޭނެ ކަމަށެވެ.
"ރައުންޑްއެބައުޓެއްގައި ދަތުރުކުރާއިރު 15 ކިލޯ މީޓަރާއި 20 ކިލޯމީޓަރަށް އެބަ މަޑުވޭ. ލޭނުތަކެއް އެބަ ހުރި ދަތުރު ކުރަންވާ ގޮތްތަކުގެ. އެހެންވީމަ ލޭނުގައި ދަތުރުކުރަން ޖެހޭ ގޮތަށް ދަތުރު ކުރެވެންޏާ އެއް ފަހަރާ ފުދޭވަރަކަށް ގިނަ ވެހިކަލަށް ޓްރެފިކް ފްލޯ ތެރޭގައި އެބަ ދަތުރުކުރެވޭ،" ރަފީއު ވިދާޅުވި އެވެ.
އެހެންވެ، ކުރިއަށް އޮތް ތަނުގައި އެކަމަށް އާންމުން ހޭލުންތެރިކުރުމަށް އެ ތަންތަނުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ރަފީއު ވިދާޅުވި އެވެ.
މުޅި ހުޅުމާލޭގެ 11 ސަރަހައްދެއްގައި ރައުންޑްއެބައުޓް ހެދުމަށް އެޗްޑީސީން މަސައްކަތް ކުރަމުން އަންނައިރު މި އަހަރުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލަން ވަނީ ޕްލޭންކޮށްފަ އެވެ. އެއާ އެކު މިހާރު ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުންދާ ސަރަހައްދުތަކުން އެކްސިޑެންޓު މަދުކުރެވި، ވެހިކަލް ދުއްވާ ސްޕީޑު ވެސް ދަށް ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ފަޒީލްގެ ފޯޖަރީގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި
އެޗްޑީސީގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން އަންގައިފި