އިންޑިއާގައި އުފައްދާ ނޯމަލް އިމިއުނޯގްލޮބިއުލިން އައިވީ ބޭހެއްގައި ކޮލިޓީގެ މައްސަލައެއް އުޅޭތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.
28 އޮކްޓޯބަރ 2024
އިންޑިއާގައި އުފައްދާ ނޯމަލް އިމިއުނޯގްލޮބިއުލިން އައިވީ ބޭހެއްގައި ކޮލިޓީގެ މައްސަލައެއް އުޅޭތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.
އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އައިކޯ ބަޔޮލޮޖިކަލްސް އިން އުފައްދާ އައިވީ ބޭހެއްގެ ބެޗްތަކަކުން ކޮލިޓީގެ މައްސަލައެއް ފެނިފައިވާތީ ސްރީލަންކާގެ ނޭޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެކަން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ކުންފުންޏަކީ ރާއްޖެއަށް ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ އޮންނަ ލިސްޓުގައި ހިމެނޭ ކުންފުންޏެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އަދި ބޭސް އިމްޕޯޓްކުރަން ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖޭއަށް އިމްޕޯޓްކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.
އެހެން ނަމަވެސް އެކަމުގައި ސަމާލުވުމަށް އެމްއެފްޑީއޭ އިން އެދިފައިވަނީ އިންޑިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވާތީ އާއި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ވެސް އެ ގައުމުތަކުން ދިވެހިން ބޭސް އިމްޕޯޓް ކުރާތީ އެވެ.
އިންޑިއާ ހަވާދުގެ ދެ ބްރޭންޑެއް ރާއްޖޭގައި މަނާކޮށްފި
ރާއްޖޭގައި ބޭސް އުފެއްދުމުގެ ފުރުސަތު އެބައޮތް: ނާޒިމް
ކުދިންނަށްދޭ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން މަނާކޮށްފި
ރިސޯޓްތަކުން އުކާލާ ތެޔޮ ހަލާލް ނުވެދާނެ ކަމަށް ބުނެފި
ކުދިން މަރުވި ބޭހަށް ރާއްޖޭގައި ހުއްދައެއް ނުދޭ
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލަން އިންސްޕެކްޝަނެއް
ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އިސްލާހުކުރަނީ
އިޝްތިހާރަކަށް ވާނީ "އެންމެ މޮޅު" ފަދަ އިބާރާތާ އެކު
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް