28 އޮކްޓޯބަރ 2024
އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރަން ކުރީގެ ސަރުކާރުން 3.6 މިލިއަން ޑޮލަރަށް ހަވާލުކުރި އިންޑިއާގެ އިންދިރާ ކުންފުނިން ބިގް ކުންފުނީގެ ހިއްސާ ގަނެ، ގ. މޫނިމާގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ،
އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރަން ކުރީގެ ސަރުކާރުން 3.6 މިލިއަން ޑޮލަރަށް ހަވާލުކުރި އިންޑިއާގެ އިންދިރާ ކުންފުނިން ބިގް ކުންފުނީގެ ހިއްސާ ގަނެ، ގ. މޫނިމާގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ،
އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ ކުންފުންޏާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 61 ރަށެއްގައި ފުލުހުންގެ އިމާރާތް އަޅަން 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެ ކަމަށް އެ ކުންފުންޏަށް ދިވެހި ސަރުކާރުން އޭރު 3.6 މިލިއަން ޑޮލަރު އެޑްވާންސަށް ދީފައިވެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ އެ ކުންފުންޏަށް ދިން ފައިސާއަށް ވީ ގޮތެއް ވެސް ނޭނގޭ ކަމަށާއި ކުންފުނި ވެސް ހޯދިފައި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އިންދިރާ ކުންފުނިން ވިޔަފާރިކުރާ ކަމުގެ އަޑުތައް އިވޭތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
"އެ ކުންފުނިން ދެން ކޮން ކަމެއްތޯ ރާއްޖޭގައި ކުރަނީ ބަލާލިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބައޮތް ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާ އެ ކުންފުނިން ގަނެގެން، މިހާރު މޫނިމާގެ ކިޔާ ގެއެއްގެ އިމާރާތް ވަރަށް ބާރަށް ކުރިއަށް ގޮސް ނިމެމުން އަންނަ ކަމަށް،" އިހުސާން
އެ ސުވާލުގެ ޖަވާބުގައި އިހުސާން ވިދާޅުވީ، އެ ޕްރޮޖެކްޓު އެންމެ ފުރަތަމަ އޮތީ އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި ކަމަށާއި 2021 ވަނަ އަހަރުގައި ފުލުހުންގެ އިދާރާ އަށް ހުށަހަޅައި އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ލިޔެކިޔުންތަކުން ފެންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ކުންފުންޏަށް ދިން 3.6 މިލިއަން ޑޮލަރުން ކުރި މަސައްކަތުގެ ތަފުސީލް ދީފައި ނުވާ ކަމަށެވެ.
"އަދި އަދާ ހަމައަށް އައިރު ވެސް އެ ލާރި އަށް ކުންފުނިން ފިިޒިކަލީ ކުރި ކަމެއްގެ ތަފްސީލެއް ނުދޭ. އަޅުގަނޑުމެންގެ އެއް ބައްދަލުވުމުގައި އެ ލާރި ހުރި ކަމަށް ބުނެފައި އެބައޮތް. އެހެން ނަމަވެސް ފިޒިލަކީ އެއްވެސް ކަމެއް ކޮށްފައެއް ނެތް، ދިވެހި ދައުލަތުގެ ފައިސާ ވަނީ އެ ކުންފުނީގައި،" އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ ކުންފުންޏަށް އިޝާރާތް ކުރައްވަމުން އިހުސާން ވިދާޅުވި އެވެ.
އެ ކުންފުނިން މިހާރު ކުރަމުން އަންނަނީ ކޮން ކަމެއްތޯ ބެލިއިރު، ކުންފުނިން ބިގް ކުންފުނީގެ ހިއްސާ ގަނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކުންފުނިން މޫނިމާގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
"އެ ކުންފުނިން ދެން ކޮން ކަމެއްތޯ ރާއްޖޭގައި ކުރަނީ ބަލައިލި އިރު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބައޮތް ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާ އެ ކުންފުނިން ގަނެގެން، މިހާރު މޫނިމާގެ ކިޔާ ގެއެއްގެ އިމާރާތް ވަރަށް ބާރަށް ކުރިއަށް ގޮސް ނިމެމުން އަންނަ ކަމަށް،" އިހުސާން ވިދާޅުވި އެވެ.
ބިގްގައި މިހާރު އޮންނަނީ ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިިކޭޝަން ހެޑް، މ. ބޯގަންވިލާ ހަސަން އިސްމާއިލްގެ އިތުރުން އިންދިރާ ކުންފުނީގެ ހިއްސާ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އާއިލީ ކުންފުނި ބިގްގެ ހިއްސާދާރަކަށް އިންދިރާ ކުންފުނި ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ގަ އެވެ.
ބިގް ކުންފުނިން މީގެ ކުރިން ވަނީ މޫނިމާގެ ބީއެމްއެލްގައި ރަހުނުކޮށްގެން، 34 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފަ އެވެ. ބީއެމްއެލް އިން އެ ކުންފުންޏަށް ލޯނު ދީފައި ވަނީ ހަސަން އިސްމާއިލާއި މުހަންމަދު މުންޝިދާއި ބިގް ކުންފުނީގެ އިތުރުން މޫނިމާގޭ އަހުމަދު ޒަރީރު ޔަގީންކަން ދީގެންނެވެ. ބިގުން ހަދަމުން އަންނަނީ މޫނިމާގެ ބަހައިގެން އަހުމަދު ޒަރީރަށް ވީ ބައެވެ.
ނަމަވެސް، އެ ލޯނު އެއްބަސްވުމާ އެއްގޮތަށް ބިގުން ފައިސާ ދައްކަމުން ނުދާތީ އެ ގެ ވިއްކާލަން ވެސް ކޯޓުން ހުއްދަ ދިނެވެ.
ބަންގްލަދޭޝް ލޭބަރުންގެ އަދަދު ހަތަރު މަސްތެރޭ ހަމަވާނެ
"އެއްވެ އުޅުމުގެ ގާނޫނު އެއްކޮށް ދޫކޮށެއްނުލާނަން"
ދެ ވަޒީރުން ގާނޫނާ ހިލާފުވި ކަމަށް ބުނާ މައްސަލައެއް
ޣައްސާނާއި އިހުސާންއަށް ވެސް ރުހުން ނުދޭން ވިސްނަނީ
ދޮންބިލެތް ހަލީމުގެ ވާހަކައަށް ފާޑުކިއުން އަމާޒުވެއްޖެ
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
މަސައްކަތް ލަސްވީ ބިމާއި ފެނުގެ މައްސަލާގައި: އެންސީސީ
އުވާލާ ޕާޓީގެ ކުލަ 5އަހަރަށް ބޭނުންނުކުރެވޭގޮތް ހަދަނީ
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ގަރާރެއް