02 ނޮވެމްބަރ 2020
ދިވެހިންގެ ބަަޔަކު އިސްވެ ތިބެ ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަަތަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދިވެހި ބައެއް ސިފައިން ފިލި ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވުމުން، އޭނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެ އެވެ.
ދިވެހިންގެ ބަަޔަކު އިސްވެ ތިބެ ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަަތަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދިވެހި ބައެއް ސިފައިން ފިލި ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވުމުން، އޭނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެ އެވެ.
ދޮންބިލެތް ވިދާޅުވީ ނޮވެމްބަރު 3ގެ ހަމަލާ އަމާޒުވުމުން ބައެއް ސިފައިން ފިލުމުގެ އިތުރުން އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވެސް އޮންނެވީ "ފިއްލަަވައިގެން" ކަމަށެވެ.
އޭނާ ވަނީ ޝަހީދު ހުސައިން އާދަމް ފަދަ ބައެއް ސިފައިން ކުރި ހިތްވަރު ފާހަގަކުރައްވައިފަ އެވެ. އެކަމަކު އޭރުގެ ބައެއް އިސް ޖެނެރަލުން ތިބީ "ސައިފަތް ފޮށިގަނޑުތަކުގައި" ފިއްލަވައިގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކުރަން ޝަހީދު ހުސައިން އާދަމްގެ ނަން އަދި ފިޔޯރީ ހުސަަައިން އަބްދުﷲގެ ނަން އަޅުގަނޑު ފާހަގަކުރަން. އެެއީ ހިތްވަރުގަދަ ބޭފުޅުން. އެދުވަހު ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރި،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދޮންބިލެތް ހަލީމް ވިދާޅުވި އެވެ.
"އެހެން ނަަމަވެސް އެދުވަހު ވެސް ދައުލަތުގެ ސިފައިންގެ ތެރޭން އެންމެ ބޮޑު ފައިސާ ނަގައިގެން އެންމެ ބޮޑެތި ޖެނެރަލުންގެ ގޮތުގައި ތިބި މީހުންގެ ތެރޭގައި ތިބި ސައިފަތް ފޮށިގަނޑުގެ ތެރެއަށް އެރި ތިބި މީހުން ވެސް. ދޮންނަ މެޝިނުގެ ފޮށިގަނޑުގެ ތެރެއަށް އެރި ތިބި މީހުން ވެސް."
އޭނާ އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން އިދިކޮޅު ބައެއް މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި އެވާހަކަ ކުށްވެރިކުރެއްވި އެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިފައިން އިންތިހާއަށް ބޮޑެތި ޖިހާދުތައް ކުރިއިރު އެއިން އެއްވެސް ކަމެއްގެ އަގު ވަޒަަންނުކޮށްް މަޖިލީހުގައި ވާހަކަ ދެއްކިގެން ނުވާނެ ކަމަށެވެ.
އެކަމަކު ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާދަމް ޝަރީފް ނެންގެވީ ނިޒާމީ ނުކުތާއެއް ކަމަށް މުޅިން ގަބޫލުނުކުރެއްވޭ ކަމަށެވެ. އެއީ ދޮންބިލެތް ހަލީމްގެ ވާހަކާގައި ސިފައިންގެ އަގު ވަޒަންކުރައްވާފައިވާތީ ކަމަށާއި އެގޮތުން ހުސައިން އާދަމްގެ ނަން ފާހަގަކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެދުވަހު، ނޮވެމްބަރު ތިން ވަނަ ދުވަހު ބަނޑޭރިގޭ ދިފާއުކުރުމަަށްޓަކައި ފުރާޅުމަތީގައި ބަޑި ޖަހަން ތިބި، އެއިރު އޭލެވެލް ނިމި މަދަރުސާއިން ކެނޑިގެން އައިސް ތިބި ކުދިންކޮޅު. އެކުދިންކޮޅު ވެސް އޭގެ ތެރެއިން އެއް ބޭފުޅެއްގެ ނަމާ އެކީގައި ފާހަގަކުރައްވައިފި،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު ދޮންބިލެެތް ހަލީމްގެ ވާހަކައަށް އާންމުންގެ ނުރުހުން އަމާޒުވާކަށް މާ ގިނަ އިރެއް ނުނެގި އެވެ. ސޯޝަލް މީޑިއާގައި އާއްމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ސިފައިން ވެސް ހިމެނެ އެވެ.
ސިފައިންގެ ކެޕްޓަނެއްގެ މަގާމުގައި ހުންނަވާފައި ރިޓަޔަކުރެއްވި އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރެއްވީ "ތިނެއް ނޮވެމްބަރުގައިި ގައުމު ހިފަން އައި މީހުންނާއި މިފަދަ ވާހަކަ ދައްކާ މީހުންނާ ތަފާތެއް އެބަ އޮތްތޯ؟" އެވެ.
"ސިފައިން އެ ދުވަހު ފިލި ނަމަ މިއަދު ދޮންބިލެތަށް ތިޔަ ވާހަކަ ގޮވާނެ ފުރުސަތެއް ނޯންނާނެ،" އެ ޓްވީޓްގައި އިހުސާން ވިދާޅުވި އެވެ.
އޭނާގެ ޓްވީޓަށް ޖަވާބު ދިން މީހަކު ބުނެފައި އޮތީ ނަޝީދު ދެއްކެވި ވާހަކަ ދޮންބިލެތް އައްސަވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މިއަދުގެ ޖަލްސާ ނިންމާލައްވަމުން ނަޝީދު ވިދާޅުވީ ތިނެއް ނޮވެމްބަރުގައި ރާއްޖެ ދިފާއުކުރީ ފަޚުރުވެެރި ދިވެހި ސިފައިން ކަމަށެވެ. އަދި ރައީސް މައުމޫނު ވެސް ހެޔޮ ހާލުކޮޅުގައި ހުންނަވައި ސިފައިންނާ ވެސް ވާހަކަ ދައްކަވަމުން ގެންދެވި ކަމަށް ވިދާޅުވި އެވެ.
ދޮންބިލެތް ހަލީމް ދެއްކެވި ވާހަކަ ކުށްވެރިކޮށް ޓްވީޓްކުރި އެކަކު ބުނީ އެގޮތަށް ވާހަކަ ދެއްކެވުމުން ދިވެހި ސިފައިންނަށް ވަރަށް އަަސަރުކުރާނެ ކަމަށެވެ. އެފަދަ ވާހަކަތަކުން އަންނަން އޮތް ޖީލަށް ވެސް އަސަރުކުރާނެ ކަމަށާއި މަޖިލީހުގެ މެމްބަރަކަށް ވިޔަސް އެއީ "ބޮޑުވަރު" ކަމަށް އޭނާ ސިފަކުރި އެވެ.
"މިހާރު"ގައި ޖެހި ޚަބަރަކަށް ކޮމެންޓްކުރި މީހަކު ބުނީ މާދަމާ ނަސްރުގެ ދުވަސް ފާހަގަކުރާއިރު "ދޮންބިލެއް ހެދި ދޮގަށް ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ" ކަމަށެވެ.
އާންމުންގެ ހިޔާލުތައް ދެކޮޅީ ހަމައެކަނި ދޮންބިލެތަކަށް އެކަންޏެއް ނޫނެވެ. ދިވެހި ސިފައިން "ބަނޑޭރިގެ ދިފާއުކުރަން" މަސައްކަތްކުރި ކަމަށް ނަޝީދު ވިދާޅުވުމުން އެކަމަށް ވެސް ބައެއް މީހުން ރުޅިގަދަވި އެވެ.
"އޮޅުވާލަން ނުއުޅުއްވާ. އެއީ ތަމަޅައިން އައިސް ސިފައިންގެ މަރުކަޒު ހިފަން އުޅުނު އުޅުމެއް ނޫން. އެއީ ދިވެހި ޚާއިނުންތަކެއް ނުވަތަ ޣައްދާރުންތަކެއް ކުލީ ސިފައިންގެ ގޮތުގައި ތަމަޅައިން ގެނެސް ރާއްޖޭގެ ވެރިކަން ބަދަލުކުރަން އުޅުނު އުޅުމެއް. އެ ޚާއިނުންގެ ވާހަކަ ދައްކަވާ. މި ނުރައްކާތެރި ޙަމަލަ ނާކާމިޔާބު ކޮށްލީ ހިތްވަރުގަދަ ދިވެހި ސިފައިން. އެ ދުވަހުގެ ޝަހީދުންނަށް ސުވަރުގެ މިންވަރުކުރައްވާށި. އާމީން،" ނަޝީދުގެ ވާހަކަފުޅަށް އަމާޒުކޮށް، އެއް ކިއުންތެރިޔަކު ލިއުނެވެ.
ނޮވެމްބަރު 3 ގެ ހަމަލާ ނާކާމިޔާބުވީ ދިވެހި ސިފައިން ހުއްޓުމެއް ނެތި ދިން ހަމަލާތަކާ ގުޅިގެންނެވެ. ސްރީ ލަންކާގެ އުތުރުގައި ތަމަޅައިންގެ އަމިއްލަ ދައުލަތެއް ގާއިމްކުރަން ހަނގުރާމަކުރި އެއް ޖަމާއަތް ކަމަށްވާ ޕްލޯޓްގެ ހަނގުރާމަވެރިން މާލޭ ބަނދަރުގައި އޮތް "ޕްރޮގްރެސް ލައިޓް" ބޯޓު ރަހީނުކޮށް، ރޭގަނޑު ފިލައިގެން ދިޔައީ އިންޑިއާ ސިފައިން މާލެއަށް ފޭބުމުގެ ކުރިންނެވެ. އެކަމަކު ދިވެހިންގެ ތެރެއިން އެންމެ އިސްކޮށް ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެހެން ޓެރަރިސްޓުން އަތުލައިިގަތީ އިންޑިއާ ސިފައިންނާއި އެމީހުންނާ ދެމެދު ކަނޑުމަތީގައި ހަމަލާތަކެއް ބަދަލުކުރުމަށް ފަހު އެވެ.
ނޮވެމްބަރު 3 ގެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
"ލުތުފީ އެމްބަސީއަށް ދިޔައީ ބޮން ގޮއްވުމުގެ ކުރިން"
ކުރީ ސަރުކާރާއި އިންޑިއާގެ މަޝްވަރާތަކުގެ ތަފުސީލު ދެނީ
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް
އަދީބުގެ މެސެޖުތައް އާންމު ކުރާނަން: ނަޝީދު
ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި
އަޅުގަނޑަށް ވެސް ކެތްވާނީ ވަކި މިންވަރަކަށް: ނަޝީދު
މެސެޖާ ގުޅިގެން ހައިލަމަށް މެންބަރުންގެ ނުރުހުން
ނަޝީދު އެންމެ ފަހުން އިމްރާންގެ ދިފާއުގައި!
ލުތުފީ ނުގެނެވުނީ އުމަރުގެ ހުއްދަ ނެތީމަ: އިމްރާން
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"