Roadha Mihaaru
އިންޑިއާ އައުޓް:ޕީޕީއެމުން ހާޒިރުނުވުމުން މައްސަލަ ބޭރު

އިންޑިއާ އައުޓް މައްސަލަ: ޕީޕީއެމުން ކޯޓަށް ހާޒިރުނުވުމުން މައްސަލަ ބޭރުކޮށްލައިފި

28 ޖޫން 2022

އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލްކުރަން އިދިކޮޅު ޕީޕީއެމުން ހުށަހެޅި މައްސަލާގެ ޝަރީއަތަށް އެ ޕާޓީން ހާޒިރުނުވުމުން އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލްކުރަން އިދިކޮޅު ޕީޕީއެމުން ހުށަހެޅި މައްސަލާގެ ޝަރީއަތަށް އެ ޕާޓީން ހާޒިރުނުވުމުން އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

އިދިކޮޅު ޕީޕީއެމުން އިސްވެ އޮވެ ހިންގާ އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން މިދިޔަ އޭޕްރީލް މަހު ރައީސް ނެރުއްވި ގަރާރަކީ ގާނޫނު އަސާސީއާ ޚިލާފް ބާތިލް ގަރާރެއް ކަމަށް ކަނޑައަޅަން ޕީޕީއެމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ އެ މައްސަލާގެ ޝަރީއަތަށް ޕީޕީއެމްގެ ވަކީލުން ހާޒިރު ނުވުމުންނެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން، ޕީޕީއެމްގެ ވަކީލުންނަށް ކޯޓަށް ހާޒިރުވުމުގެ ފޮނުވުމުން ކޯޓަށް ހާޒިރު ނުވުމުގެ އިތުރުން ކޯޓަށް ހާޒިރުނުވި ސަބަބެއް ވެސް އަންގާފައެއް ނުވެ އެވެ.

މަގްބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރުނުވުމަކީ ދައުވާ ބޭރުކޮށްލެވޭ ސަބަބެކެވެ.

އިންޑިއާ އައުޓް ހަރަކާތުގައި މާލޭގެ ގޭގޭގައި ހަރުކުރި ބެނާތައް ވެސް ފުލުހުން އަތުލި އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ވެސް ކޯޓު އަމުރެއްގެ ދަށުން ނެގި އެވެ. އެކަމަކު ހައިކޯޓުން ފަހުން ނިންމީ އެ އަމުރު ނެރުނީ ގޯސްކޮށް ކަމަށެވެ.