ރާއްޖޭގެ ދިފާއުގައި ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް، ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މިރޭ އަރުވައިފި އެވެ.
03 ނޮވެމްބަރ 2024
ރާއްޖޭގެ ދިފާއުގައި ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް، ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މިރޭ އަރުވައިފި އެވެ.
ސިފައިންގެއަށް 32 އަހަރު ހިދުމަތްކުރެއްވުމަށް ފަހު، ފެބްރުއަރީ 9، 2012 ގައި ރިޓަޔާކުރެއްވި މޫސަ އަލީ ޖަލީލަށް އިއްޒަތް އެރުވީ، ނަސްރުގެ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ސިފައިންގޭގައި އޭނާ އެންމެ ފަހުން ހުންނެވީ ޗީފް އޮފް ޑިފެންސްގެ މަގާމުގަ އެވެ. އޭގެ ފަހުން ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރުކަން ކުރެއްވި އެވެ.
ސިފައިންގެއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ޖަލީލަށް މިހާތަނަށް ވަނީ ނުވަ ކުލަ އަދި 11 މެޑަލް ދެއްވައިފަ އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ހަތިޔާރާ އެކު ޓެރަރިސްޓުންގެ ބަޔަކު ނޮވެމްބަރު 3، 1988 ގައި ހަމަލާދިން އިރު ޖަލީލު ހުންނެވީ ސިފައިންގެ މައި މަރުކަޒުގެ ޓާސްކް ފޯހުގެ ކޮމާންޑަރަކަށެވެ.
މޫސާ ޖަލީލަށް ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މިރޭ އެރުވުމަށް ފަހު، އޭނާ އާއި އާއިލާގެ ބޭފުޅުންނާ އެކު ރައީސް މުއިއްޒު ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ ދުވަހު ސިފައިންގެ ތެރޭގައި އޭނާ ވަނީ އަމިއްލަ އިސްނެންގެވުމަށް މުހިންމު އެތައް ކަމެއް ކުރައްވައި ސިފައިންގެ ސަފުތައް ރޫޅުނަ ނުދީ ހިފަހައްޓަވައިފަ އެވެ. އަދި އޭނާ އަކީ އެ ދުވަހު ދުޝްމަނުން ހަމަލާ ދެމުން ދަނިކޮށް ސިފައިންގެ ތެރެއިން ބޭރަށް ނުކުމެ ދުޝްމަނުން ސިއްސުވާލައި ފަހަތަށް ޖެއްސުމުގައި އެންމެ އިސްކޮށް ހުންނެވި ކޮމާންޑަރެވެ.
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
އާ އުޅަނދުތަކާ އެކު ސިފައިންގެ ގާބިލްކަން ދައްކާލައިފި
"ގުރުބާން ވެވޭނީ ޔުނިފޯމުގައި އެކަންޏެއް ނޫން"
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ޖަލީލްގެ ޑައިރީން: ދުޝްމަނުންގެ ކުރިމައްޗަށް އެރި ގޮތް
ގައުމިއްޔަތު ދިރުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެނޭ
އެމްއެންޑީއެފްގެ އެއާ ސްޓޭޝަން ގާއިމްކުރަން އަންގަވައިފި
ނަސްރުގެ ދުވަހުގެ ހާއްސަ ޝަރަފުގެ އައްޑަނަ މައުމޫނަށް
ނަސްރުގެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ