ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 50،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބަޖެޓުގައި 14 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
04 ނޮވެމްބަރ 2024
ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 50،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބަޖެޓުގައި 14 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
މިއަހަރު ދައުލަތުން މުސާރަ ދޭ މުވައްޒަފުންގެ އަދަދަކީ ގާތްގަނޑަކަށް 44،000 އެވެ. އެހެންވެ އަންނަ އަހަރު މުވައްޒަފުންގެ އަދަދު 6،000 އިތުރެވެ.
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 57 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި މުސާރަ އާއި މުވައްޒަފުންނަށް އިނާޔަތަށް 25 ޕަސެންޓު ހޭދަކުރެ އެވެ. އަދި ރިކަރަންޓު ހަރަދަށް މުޅި ބަޖެޓުގެ 63 ޕަސެންޓު ހޭދަކުރެ އެވެ.
އަންނަ އަހަރު މުވައްޒަފުންގެ މުސާރަ ދިނުމަށް ހިމަނާފައިވާ އަދަދަކީ މިއަހަރުގެ ހޭދައަށް ވުރެ 15 ޕަސެންޓު އިތުރު އަދަދެކެވެ. އަދި 2023 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 30 ޕަސެންޓު އިތުރު އަދަދެކެވެ. މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް 12 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.
މިދިޔަ އަހަރު ވަނީ މުވައްޒަފުންގެ މުސާރައަށް 10 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެހެންވެ ވޭތުވެދިޔަ ދެ އަހަރު މުވައްޒަފުންގެ މުސާރައަށް ކުރި ހޭދައަށް މިވަނީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ދައުލަތުގެ މުވައްޒަފުންގެ އަދަދު ސީދާ ބަޖެޓު ފޮތުގައި ހިމަނާފައި ނުވި ނަމަވެސް ރޯދަ މަހުގެ އިނާޔަތަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުން އެކަން ދެނެގަނެވެ އެވެ. އަންނަ އަހަރު ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދިނުމަށް ބަޖެޓުކޮށްފައިވަނީ 152 މިލިއަން ރުފިޔާ އެވެ. ރޯދަ އިނާޔަތް ދެނީ ކޮންމެ މުވައްޒަފަކަށް 3،000ރ. ގެ މަގުންނެވެ. މިއީ މިއަހަރުގެ އަދަދަށް ވުރެ 13 ޕަސެންޓް އިތުރު އަދަދެކެެވެ.
ސަރުކާރުން މަޖިލީހަށް ބަޖެޓު ފޮނުވީ މިދިޔަ ހަފްތާގަ އެވެ. އާ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓުގެ ބަހުސް މި ހަފްތާގައި މަޖިލީހުގައި ފަށާނެ އެވެ. އަދި ކޮމިޓީ މަރުހަލާގައި ބަޖެޓަށް ބަދަލުތައް ގެނައުމުގެ ފުރުސަތު މަޖިލީހަށް އޮވެ އެވެ.
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް