ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާން އަތުން 3-1 އިން ރެއާލް މެޑްރިޑް ބަލިވެ ގޯސް ހާލަތަކަށް ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާން އަތުން 3-1 އިން ރެއާލް މެޑްރިޑް ބަލިވެ ގޯސް ހާލަތަކަށް ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މި މެޗުގެ ކުރިން ކުޅުނު މެޗުގައި ހަމަ އަމިއްލަ ދަނޑުގައި ރެއާލް ވަނީ އަލް ކްލަސިކޯ މެޗުގައި ބާސެލޯނާ އަތުން 4-0 އިން ބަލިވެފަ އެވެ. އޭގެ ކުރިން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 5-2 އިން މޮޅުވި ނަމަވެސް، މި ތިން މެޗުގައި ބައިކޮޅަށް ނުވަ ގޯލު ވަނުމަކީ ރެއާލުގެ ޑިފެންސް ބަލިކަށިވެފައިވާ ކަމުގެ ހެއްކެކެވެ.
މިދިޔަ ހަފުތާގައި އޮތް ބެލޮންޑިއޯ އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލުގެ ވިނީޝިއަސް ޖޫނިއާ އަށް ނުލިބުމުން ހިތްހަމަނުޖެހިފައި އޮތް ރެއާލުގެ ޓީމުން، އެ ޓީމުގެ ފެންވަރު މި މެޗުގައި ސާބިތުކޮށްދޭނެ ކަމަށް ދިޔައީ ބުނަމުންނެވެ. އެކަމަކު ރޭގެ މެޗުގައި ރެއާލުގެ ފަރާތުން ފެނުނީ މާބޮޑު ރޫހެއް ނެތް ކުޅުމެކެވެ. ހާއްސަކޮށް ފޯވާޑް ކީލިއަން އެމްބާޕޭގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ.
މި މެޗުގައި މިލާނުން ލީޑު ނެގީ 12 ވަނަ މިނެޓުގައި ޑިފެންޑަރު މަލިކް ޗޯ ޖެހި ގޯލުންނެވެ. އޭގެ ފަހުން 23 ވަނަ މިނެޓުގައި ވިނީ ވަނީ ޕެނަލްޓީއަކުން ރެއާލަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުގެ ކުރީގެ ފޯވާޑް އަލްވާރޯ މޮރާޓާ ވަނީ މިލާނަށް އަލުން ކުރި ހޯދައިދީފަ އެވެ. މިލާނުން ލީޑު ފުޅާކުރީ 73 ވަނަ މިނެޓުގައި ޓިޖާނީ ރެއިންޑާސް ޖެހި ގޯލުންނެވެ.
މިލާނުގެ ފަހު ގޯލާ އެކު ރެއާލުން ފޯވާޑް ރޮޑްރިގޯ އެރުވުމުން އެ ޓީމުގެ އެޓޭކް ވަރުގަދަވި އެވެ. އެ ވަގުތު އެންޓޯނިއޯ ރުޑިގާ ގޯލެއް ވެސް ޖެހި އެވެ. އެކަމަކު އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމުން ދެއްކި އެވެ.
މިލާނާ އެކު ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އޭނާގެ ޓީމު މިއަށް ވުރެ އޯގަނައިޒްވާން ޖެހޭ ކަމަށެވެ.
"އަހަރެމެން ކަންބޮޑުވާން ޖެހޭ. މި ޓީމުގެ ފެންވަރެއް ނުދެއްކޭ. މިއަށް ވުރެ ސަމާލުވެގެން ކުޅެން އެބަޖެހޭ. މާ ބައިވަރު ގޯލުތަކެއް އެބަވަދޭ. އެކަން ރަނގަޅުކުރެވޭނީ އޯގަނައިޒްވެގެން،"
މި ދެ ޓީމު ވެސް މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ދެ މެޗުން ބަލިވެ، އެއްކުރެވިފައިވަނީ ހަ ޕޮއިންޓެވެ.
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި
ބެލޮންޑިއޯ ހަފުލާއަށް ނުދިޔައީ ރެއާލުން ބުނެގެން: ވިނީ
އެމްބާޕޭގެ ހުވަފެނީ މޮޅުން ރެއާލް އަނެއް ބުރަށް
އިޓަލީ ދެ ޓީމަށް ޔޫރަޕުގައި ހިތްދަތި ނަތީޖާތަކެއް
ރެއާލް އަތުން މޮޅުވާން ސިޓީ އަށް އޮތީ ހަނި ފުރުސަތެއް
ސިޓީގެ ބެނާއިން ރެއާލް އާއި ވިނީ ގުޑުވައެއް ނުލެވުނު
ޑިފެންސް ކުއްލި ހާލަތުގައި އޮވެ ރެއާލުން ކްލެސިކޯއަކަށް
ސިޓީއާ ދެކޮޅަށް ކުޅެން އަންޗެލޮޓީ ބިރުގަނޭ
ރެއާލް، ބެޔާން؛ ކޮންމެ ޓީމެއް ޖެހުނަސް ސިޓީއަށް ހެޔޮ