އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުގެ ނައިބު ރައީސް ކަމަލާގެ ހެރިސްގެ މައްޗަށް މިހާތަނަށް ކުރި ހޯއްދަވައި ކާމިޔާބީ ގާތްގަނޑަކަށް ކަށަވަރު ކުރައްވައިފި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުގެ ނައިބު ރައީސް ކަމަލާގެ ހެރިސްގެ މައްޗަށް މިހާތަނަށް ކުރި ހޯއްދަވައި ކާމިޔާބީ ގާތްގަނޑަކަށް ކަށަވަރު ކުރައްވައިފި އެވެ.
މިހާތަނަށް ސާފުކުރި ނަތީޖާއިން ޓްރަމްޕަށް 266 އިލެކްޓޮރަލް ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. ކަމަލާ އަށް ލިބިވަޑައިގެންފައި ވަނީ 188 ވޯޓެވެ. ރައީސްކަން ލިބޭނީ 270 އިލެކްޓޮރަލް ވޯޓު ލިބިގެންނެވެ.
މި ނަތީޖާއާ އެކު ޓްރަމްޕް އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިއީ "އެމެރިކާ ދުވަހަކު ނުދެކޭ ސިޔާސީ ކާމިޔާބީއެއް" ކަމަށެވެ.
"އަޅުގަނޑުމެން މި ގައުމު އިސްލާހުކުރާނަން،" ޓްރަމްޕް ސަޕޯޓަރުންނަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިއުލާނުކުރައްވައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެކަނބަލުން މިއަދު ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
ކަމަލާ ވަނީ އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަން ހަމަޖެއްސި އެއްވުން ކެންސަލް ކުރައްވައިފަ އެވެ.
އެމެރިކާގައި ރައީސް އިންތިހާބުކުރަނީ ސްޓޭޓްތަކަށް ކަނޑައަޅާފައިވާ އިލެކްޓޮރަލް ވޯޓުން ކަމަށް ވާއިރު އިލެކްޓޮރަލް ވޯޓާއި ޕޮޕިއުލާ ވޯޓުން ވެސް މިހާތަނަށް ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ.
ޓްރަމްޕްގެ ރިޕަބްލިކަން އިން ވަނީ ސެނެޓްގެ އަޣުލަބިއްޔަތު ވެސް ހޯދައިފަ އެވެ. ޑިމޮކްރެޓްސް އަށް އަޣުލަބިއްޔަތު އޮތް ސެނެޓުގެ އަޣުލަބިއްޔަތު ވެސް ވަނީ ޓްރަމްޕުގެ ރިޕަބްލިކަން އިން ހޯދައިފަ އެވެ. މިއީ މިދިޔަ ހަތަރު އަހަރު ތެރޭ އެ ޕާޓީއަށް ސެނެޓްގެ އަޣުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ކެބިނެޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައެޅުމުގެ ބާރު އޮންނަ މަޖިލީހުގެ މަތިގެ އެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣުލަބިއްޔަތު ލިބޭނެ ޕާޓީއެއް އެނގޭ ވަރަށް އަދި ނަތީޖާ ސާފެއް ނުވެ އެވެ.
ފުރަތަމަ ލިބުނު ނަތީޖާތަކުން ޓްރަމްޕް ކުރީގައި
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
ހަރަދު ކުޑަކުރަން ހެދި އޮފީސް "ސިއްރުން" އުވާލައިފި
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
އެމެރިކާ ސަރުކާރުގެ "ރެކޯޑް ބަންދު" ނިމުމަކަށް
އައިސިސްއާ ދެކޮޅު އިއްތިހާދުގައި ސީރިއާ ބައިވެރިވަނީ
ކުރީގެ "ޓެރަރިސްޓް" އެންމެ ފަހުން ވައިޓް ހައުސްއަށް
އެމެރިކާގެ 'ސިޔާދަތު' ގެއްލިއްޖެ: ޓްރަމްޕު
މަމްދާނީ ހޮވިއްޖެނަމަ ނިއުޔޯކަށް ދަތިކުރާނަން: ޓްރަމްޕް
އާދައުރެއް ހޯދަން ނައިބު ރައީސަކަށް ނުވާނަން: ޓްރަމްޕް