06 ނޮވެމްބަރ 2024
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާއިރު ތިމާވެށި ރައްކާތެރި ކުރުމަށް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާއިރު ތިމާވެށި ރައްކާތެރި ކުރުމަށް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތުގައި ހުންނެވި ފައިސަލް ވަނީ ކޮމަންވެލްތުގެ "ސަސްޓެއިނަބަލް އެންޑް ރިޖެނެރޭޓިވް ޓޫރިޒަމް" ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރައްވައިފަ އެވެ.
ރިޖެނެރޭޓިވް ޓޫރިޒަމަކީ ތިމާވެށްޓާއި ލޯކަލް ކޮމިއުނިޓީތަކަށް ލިބޭ ގެއްލުން އެންމެ ކުޑަކުރެވޭނެ ގޮތަކަށް އެކަން ކުރުމެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ފައިސަލް ވަނީ ތިމާވެށި ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެެޅުމަށް ގޮވާލައްވައިފަ އެވެ. އަދި ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަކީ އިހްތިޔާރެއް ނޫން ކަމަށާއި އެއީ އަންނަން އޮތް ޖީލުތަކަށް ކޮންމެހެން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެ ބައްދަލުވުމަށް ފަހު ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އެންމެން އެކުގައި ޓޫރިޒަމް ކުރިއަރުވާ އިރު، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާ އެކު މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
Minister @ifaisalofficial participated in the Commonwealth meeting on Sustainable and Regenerative Tourism today, where he called for immediate action to protect our environment. “Safeguarding our natural resources is not just a choice; it’s a necessity for future generations.” https://t.co/S04yb9QYjR
— Ministry of Tourism (@MoTmv) November 4, 2024
ފައިސަލް ވަނީ ކޮމަންވެލްތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޑަބްލިއުޓީއެމް ފެއާއަކީ ޓޫރިޒަމް ދާއިރާގެ ފަރާތްތައް ބައްދަލުކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމުގެ ފުރުސަތު ލިބޭ ފެއާ އެކެވެ. ބޭރުގެ އެކި ޓްރެވެލް އެޖެންސީތަކާ ގުޅުން ބަދަހިކޮށް ބީޓުބީ ބައްދަލުވުންތައް ކުރިއަށް ގެންދަން ވެސް ފުރުސަތު ލިބެ އެވެ.
ފައިސަލް ކުރިން ވިދާޅުވި ގޮތުގައި މި ފެއާގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާނެ އެވެ.
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
"ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް"
2026ގެ އައިޓީބީ ފެއާ ރާއްޖޭން ހޯސްޓުކުރުމުގެ އަމާޒު
ސްޕޯޓްސް ޓޫރިޒަމަށް ޔުވެންޓަސްއާއެކު މަޝްވަރާ ކޮށްފި
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
މަސައްކަތް ނުހިނގާ 22 ރަށެއް އަތުލަން ލަފާ ހޯދަނީ
ދުރު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ލުއި ދެނީ
އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއި ފައިސަލް ބައްދަލުކޮށްފި
ރާއްޖޭގައި ފިލްމުތައް ޝޫޓްކުރަން ބޮލީވުޑަށް ރައީސްގެ ހާއްސަ ދައުވަތެއް!