10 ނޮވެމްބަރ 2024
މި މަހު 20 ގައި ފަށާ ގޯލްޑް ކަޕުގައި ވާދަކުރާ ގދ. ފަރެސްމާތޮޑާ ފުޓްބޯޅަ ޓީމުގައި އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ، ނާއިބް ރައީށް ހުސައިން މުހައްމަދު ލަތީފުގެ ނަން ހިމަނައިފި އެވެ.
މި މަހު 20 ގައި ފަށާ ގޯލްޑް ކަޕުގައި ވާދަކުރާ ގދ. ފަރެސްމާތޮޑާ ފުޓްބޯޅަ ޓީމުގައި އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ، ނާއިބް ރައީށް ހުސައިން މުހައްމަދު ލަތީފުގެ ނަން ހިމަނައިފި އެވެ.
ފަރެސްމާތޮޑާ ޓީމުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޓީމު ލިސްތުގައި ނައިބު ރައީސްގެ ނަން ހިމަނައި ޖާޒީ ނަންބަރު ވެސް ފައިނަލުކޮށްފައިވާ ކަމަށެވެ.
"މި ޓީމުގެ 23 ނަންބަރު ޖޯޒީގައި ފެނިވަޑައިގަންނަވާނީ ނައިބް ރައީސް،" އޮފިޝަލް ވިދާޅުވި އެވެ.
ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފަކީ، ވަރަށް ކުރީއްސުރެ ގަވާއިދުން ފުޓްބޯޅަ އާއި ފުޓްސަލް ކުޅުއްވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ނައިބް ރައީސްގެ މަގާމާ ހަވާލުވެވަޑައިގެން ވެސް ބައެއް ނުރަސްމީ މުބާރާތްތަކުގައި ކުޅުއްވައިފަ އެވެ.
އެ މަނިކުފާނު ގޯލްޑް ކަޕުގައި ކުޅުއްވާ ފަރެސްމާތޮޑާގެ ޓީމަކީ މީގެ ކުރިން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވެސް ސެމީ ފައިނަލާ ހަމަޔަށް ދަތުރުކޮށްފައިވާ ޓީމެކެވެ. މިފަހަރު އޮތީ ޒުވާން ސްކޮޑެކެވެ.
ފަރެސްމާތޮޑާގެ ޓީމު: މުބާރަތަށް ތައްޔާރުވުމަށް އެ ޓީމުން އިއްޔެ ވަނީ ތިނަދޫގެ ޓީމަކާ އެކު މެޗެއް ކުޅެފައި. --- ފޮޓޯ: މިހާރު
"މިނިވަން ޗެމްޕިއަންޝިޕުގެ ތަޖުރިބާހުރި ހަތަރު ކުޅުންތެރިން ހިމެނެނީ. ދެން މުޅިން ވެސް ތިބީ 23 އަހަރުންދަށުގެ ކުޅުންތެރިން. މިއީ ކުރިމަގަށް ޑިވެލޮޕް ކުރާ ޓީމެއް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީމުގައި ސްރީ ލަންކާގެ ދެ ކުޅުންތެރިން ވެސް ހިމެނޭނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އެ ގައުމުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުންތެރިޔެކެވެ.
މި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަށް ކޯޗުކޮށް ދިން ނާދު ފަރެސްމާތޮޑާގެ ޓީމާ ގުޅޭނީ މުބާރާތަށް އެ ޓީމު މާލެ ދިއުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް، ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕަކީ ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ މުބާރާތެކެވެ. މުބާރާތުގައި 22 ޓީމު ވާދަ ކުރެ އެވެ. މުބާރާތުގެ ހުރިހާ މެޗެއް ޓީވީން ވަގުތުން ދައްކާނެ އެވެ.
މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނަން: ހުސެއިން
އިންތިހާބުގެ ހަމަހަމަކަން ފަރެސްމާތޮޑާއިން ފެނޭ: ރައީސް
ފުޓްބޯޅަ ކޮޅަށްނެގުމަކީ ގައުމީ މަސައްކަތެއް:ނައިބުރައީސް
ހައްޖު އަގު ހެޔޮކުރުން ހަގީގަތަކަށް ވުމުގެ އުއްމީދުބޮޑު
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"
ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސްއަށް ދައުވަތު
ތަރައްގީގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން މުހިންމު
ކޮމަންވެލްތު ބައްދަލުވުމަށް ނައިބު ރައީސް ސަމޯއާގައި
"ގާނޫނާ ހިލާފަށް ކުރިކަންކަމަށް ޖަވާބުދާރީވާންޖެހޭނެ"
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް