Roadha Mihaaru
އިރުމަތީ ގުދުސްގައި އޮންނަން ޖެހޭނީ ފަލަސްތީނުގެ ބާރު

އަރަބި އަދި އިސްލާމީ ލީޑަރުންގެ ގޮވާލުން: އިރުމަތީ ގުދުސްގައި އޮންނަން ޖެހޭނީ ފަލަސްތީނުގެ ބާރު

12 ނޮވެމްބަރ 2024

އިޒްރޭލުން ހިފާފައިވާ، ފަލަސްތީނުގެ އިރުމަތީ ގުދުސްގައި އިޒްރޭލުގެ ބާރު ގަދަކުރަމުން ދާތީ އެކަން ކުށްވެރިކޮށް އަދި އެތަން އަބަދުވެސް ވާނީ ފަލަސްތީނުގެ ވެރިރަށަށް ކަމަށް އަރަބި އިސްލާމީ ލީޑަރުން ގޮވާލައިފި އެވެ.

އިޒްރޭލުން ހިފާފައިވާ، ފަލަސްތީނުގެ އިރުމަތީ ގުދުސްގައި އިޒްރޭލުގެ ބާރު ގަދަކުރަމުން ދާތީ އެކަން ކުށްވެރިކޮށް އަދި އެތަން އަބަދުވެސް ވާނީ ފަލަސްތީނުގެ ވެރިރަށަށް ކަމަށް އަރަބި އިސްލާމީ ލީޑަރުން ގޮވާލައިފި އެވެ.

"ފަލަސްތީނުގެ ދާއިމީ ވެރިރަށް ކަމަށްވާ އިރުމަތީ ގުދުސްގެ މައްޗަށް ފަލަސްތީނުގެ ދައުލަތުގެ ފުރިހަމަ ސިޔާދަތު އޮންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތައް ތަކުރާރުކޮށް ގޮވާލަން. އަދި އެ ސިޓީ އަކީ ޔަހޫދީންގެ ތަނެއް ކަމަށް ހަދަން އަޅާ އެއްވެސް ފިޔަވަޅެއް ގަބޫލު ނުކުރާނެ ވާހަކަ ބުނެ އަންގަން،" ލީޑަރުން ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާއި ލާއިންސާނީ އަމަލުތަކުގެ ސަބަބުން މިދިޔަ އެއް އަހަރު ތެރޭ ފަލަސްތީނުގައި ޝަހީދުވި އަދަދު ވަނީ 43،600 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ސަމިޓް ނިންމުމުގެ ބަޔާނުގައި ބުނެފައި ވަނީ "މި ސަރަހައްދުގައި އިންސާފުވެރި އަދި ފުޅާ ސުލްހައެއް... ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އާއި ޣައްޒާ އާއި ގޯލާންގެ އުސް ސަރަހައްދުން އިޒްރޭލުން ހިފާފައިވާ ހުރިހާ އަރަބި ބިންތަކެއް ޖޫން 4، 1967 އާ ހަމަޔަށް ހުރި ހާލަތަށް މިލްކުވެރިކަން ބަދަލުކުރުމުގެ ކަންކަން ނިންމަން ބުންޏެވެ.

މީގެ އިތުރުން އަރަބި/އިސްލާމީ ގައުމުތުން ބުނީ އިރު އޮއްސޭއިރު އާއި އަރާއިރު ބަންގީގެ އަޑު ކެނޑޭތޯ. -- އޭއެފްޮީ