12 ނޮވެމްބަރ 2024
އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފޭބުމަކީ ސަރަހައްދީ ސުލްހައިގެ ޝަރުތަކަށް ވާންޖެހޭނެ ކަމަށާއި އެކަން ނުކޮށް ސުލްހަ ގާއިމު ނުވާނެ ކަމަށް އަރަބި އަދި މުސްލިމް ލީޑަރުން ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފޭބުމަކީ ސަރަހައްދީ ސުލްހައިގެ ޝަރުތަކަށް ވާންޖެހޭނެ ކަމަށާއި އެކަން ނުކޮށް ސުލްހަ ގާއިމު ނުވާނެ ކަމަށް އަރަބި އަދި މުސްލިމް ލީޑަރުން ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
ސައުދީގެ ވެރިރަށް ރިޔާޟްގައި ބޭއްވި ސަމިޓްގައި އަރަބި ލީގާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ 57 ގައުމުން އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރިކޮށް މިހެން ބުނެފައި ވާއިރު މިއީ ޣައްޒާގައި އިޒްރޭލުން ހަމަލާދޭން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެކަމުގައި މި ގައުމުތަކުން އެއްތަންވެ މިހާ ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
ސަމިޓް ނިންމާލަމުން މި ގައުމުތަކުން ވަނީ ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ދަނީ "ހައިރާންކުރުވަނިވި" ޖަރީމާތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
މި ސަމިޓް ދިމާވެފައި ވަނީ އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކުރާ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރެއް ޑޮނަލްޑް ޓްރަމްޕް ހޯއްދެވި ވަގުތާ އެވެ.
ސަމިޓް ނިންމުމުގެ ބަޔާނުގައި ބުނެފައި ވަނީ "މި ސަރަހައްދުގައި އިންސާފުވެރި އަދި މައުނަވީ ސުލްހައެއް... އިޒްރޭލުން ހިފާފައިވާ އަރަބި ހުރިހާ ބިމަކުން، ޖޫން 4، 1967 ގައި އޮތް އިމާ ހަމަޔަށް ފަހަތަށް ޖެހިގެން ނޫނީ ހާސިލެއް ނުކުރެވޭނެ" ކަމަށެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި އޯއައިސީގެ އެކްސްޓްރާ އޯޑިނަރީ ލީޑާސް ޖޮއިންޓް ސަމިޓްގައި ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން. -- ފޮޓޯ: އޭއެފްޕީ
އެއީ ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގެ އިތުރުން ޣައްޒާ އާއި ގޯލާންގެ އުސް ބިންތަކުގެ ވާހަކަ އެވެ.
އެ ބަޔާނުގައި އިޒްރޭލުން އެ ސަރަހައްދުތަކުން ފޭބުމަށް ގޮވާލާފައިވާ އދ.ގެ ގަރާރުތަކާއި، 2002 ވަނަ އަހަރު "އަރަބި ޕީސް އިނީޝިއޭޓިވް" ގައި އަރަބި ގައުމުތަކުން އިޒްރޭލަށް ހުށަހަޅާފައިވާ ކަންކަން ފާހަގަކޮށްފައިވެ އެވެ. އެއީ ފަލަސްތީން 1967 ވަނަ އަހަރު އޮތް އިމުގެ ތެރޭގައި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާއި އިޒްރޭލުގެ މިނިވަން ދައުލަތެއް ވެސް އެކު އެކީގައި ހިންގައި އޭގެ ބަދަލުގައި އަރަބި އަދި އިސްލާމީ ގައުމުތަކުން އިޒްރޭލާ އެކު އަލުން ގުޅުން ބަދަހިކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކެކެވެ.
އެ ބަޔާނުގައި، ފަލަސްތީނުގެ މުސްތަގިއްލު ދައުލަތެއް ހަގީގަތަކަށް ހެދުމަށް ބައިނަލްއަގްވާމީ މުޖުތަމައުން "ބައިނަލްއަގުވާމީ ސްޕޮންސާޝިޕްގެ ދަށުން" ހާއްސަ ފިޔަވަޅުތަކަކާއި މުހުލަތުތަކެއް ހިމެނޭ ޕްލޭނެއް ތަންފީޒުކުރަން ފަށަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް އިން ވަނީ އަރަބި އަދި މުސްލިމް ގައުމުތަކުގެ މި ހުށަހެޅުންތައް ހަގީގަތަކަށް ހެދުމަށް އަމަލުން އެކަން ދެއްކުމަށް ގޮވާލައިފަ އެވެ.
ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ ގުދުސް އަކީ ފަަލަސްތީނުގެ ވެރިރަށް ކަމަށް ކަނޑައަޅައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށްޓަކައި މިހާރުން މިހާރަށް މަސައްކަތް ކޮށް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވުމަށް އިޒްރޭލަށް މަޖުބޫރުވާނެ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
އިރުމަތީ ގުދުސްގައި އޮންނަން ޖެހޭނީ ފަލަސްތީނުގެ ބާރު
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
ފަލަސްތީނުގެ ދައުލަތެއްނެތި އިޒްރޭލާ ނުގުޅެވޭނެ: ސައޫދީ
ފަލަސްތީން މިނިވަންނުވެ އިޒްރޭލާ ނުގުޅެވޭނެ: ސައޫދީ
އިޒްރޭލަށް ހަތިޔާރު ނުވިއްކަން ސައޫދީން ގޮވާލައިފި
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން