13 ނޮވެމްބަރ 2024
ވެރިރަށް ތެހެރާންގެ މެޓްރޯ ނެޓްވޯކްގެ ތެރޭގައި އީރާނުން ފުރަތަމަ ފަހަރަށް "ދިފާއީ" ޓަނަލް ހަދަމުން އަންނަ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން އިއްޔެ ބުނެފި އެވެ.
ވެރިރަށް ތެހެރާންގެ މެޓްރޯ ނެޓްވޯކްގެ ތެރޭގައި އީރާނުން ފުރަތަމަ ފަހަރަށް "ދިފާއީ" ޓަނަލް ހަދަމުން އަންނަ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން އިއްޔެ ބުނެފި އެވެ.
ދިފާއީ ފިޔަވަޅުތަކަކީ ކޮބައިކަމުގެ ތަފްސީލެއް ނުދެ އެވެ.
"ދީފާއީ ގާބިލްކަން ހިމެނޭ ގޮތަށް ތެހެރާންގައި މި އަންނަނީ ގައުމުގެ ފުރަތަމަ ޓަނަލް ހަދަމުން،" ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓް ކޮމިޝަނުގެ އިސްވެރިޔާ ޖަފަރު ތަޝާކޯރީ އާ ހަވާލާދީ ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ބުންޏެވެ.
"މި ޓަނަލް އޮންނާނީ 'ދަ ޑިފެންޑާސް އޮފް ހެލްތު' އާއި 'އިމާމް ޚުމެއިނީ ހޮސްޕިޓަލް' އާ ދެމެދުގެ މެޓްރޯ ސްޓޭޝަންތަކާ ދެމެދުގައި، މި މެޑިކަލް ސެންޓަރަށް ސީދާ ޓަނަލް ދެވޭނެ ފުރުސަތު ލިބޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ޓަނަލްގެ ދިފާއީ ގާބިލުކަމާ ބެހޭ އިތުރު ތަފްސީލެއް ތަޝާކޯރީ ނުދެއްވަ އެވެ.
ނަމަވެސް "ދިފާއު" މި ލަފުޒުގެ މާނައަކީ ފާރްސީ ބަހުގައި ވަރަށް ގިނަ މާނަ ހިމެނޭ ބަހެއް ކަމަށާއި ޑޮކްޓަރުންނާއި ނަރުހުންނަކީ ވެސް "ހެލްތް ޑިފެންޑަރުން" އަދި ފުލުހުންނަކީ "ސެކިއުރިޓީ ޑިފެންޑަރުން" ގެ ގޮތުގައި ވެސް ކިޔަ އެވެ.
އަންގާރަ ދުވަހު މިކަން ހާމަކޮށްފައި މި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އީރާނާއި އެ ގައުމުގެ ދުޝްމަނު އިޒްރޭލާ ދެމެދު ނުތަނަވަސްކަން އިތުރުވެ އިޒްރޭލުން އީރާނަށް ވައިގެ މަގުން ހަމަލާތަކެއް ވެސް ދީފައި ވަނިކޮށެވެ. އެއީ އީރާނުން އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުންނެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ މަހު އިޒްރޭލުން ދިން ހަމަލާގައި ސިފައިންގެ ހަތަރު މީހަކު މަރުވެ، ރާޑަރު ސިސްޓަމްތަކަށް "ބައެއް ގެއްލުން" ވި އެވެ. އަދި މީޑިއާތަކުން ބުނެފައިވާ ގޮތުގައި އާންމުންގެ މީހަކު ވެސް މަރުވި އެވެ.
އިޒްރޭލުން މިފަހަރު ދިން ހަމަލާގެ ރައްދު އީރާނުން ނުދިނުމަށް އެމެރިކާ އާއި އެހެން ބައެއް ގައުމުތަކުން އިލްތިމާސްކުރަމުން ދިޔަ ނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ބަދަލުހިފާނެ ކަމަށެވެ. -- އޭއެފްޕީ
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
އީރާނަށް ދިން ހަމަލާގެ މަގްސަދު ހާސިލްވި: ނަތަންޔާހޫ
އިޒްރޭލުގެ ހަމަލާގައި ހިސާބު ޖެހުން ނުބައި: ޚާމަނާއީ
ހަތަރު ސިފައިންގެ މަރަށް ފަހު އީރާނުން އިންޒާރެއް
އިޒްރޭލުން އީރާނަަށް ދިން ހަމަލާ ކުށްވެރިކުރަން: ރާއްޖެ
އެމެރިކާއިން އެދެނީ އީރާނުން ރައްދު ހަމަލާ ނުދޭން
އިޒްރޭލުގެ ހަމަލާތައް އީރާންގެ މިސައިލް ސައިޓްތަކަށް
އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށައިފި
އީރާންގައި ވައިގެ ދަތުރުތަކުގައި ޕޭޖަރާއި ވޯކީޓޯކީ މަނާ
އިޒްރޭލަށް އީރާންގެ ކޮމާންޑަރުން އެހީވާ ކަމުގެ ތުހުމަތު