13 ނޮވެމްބަރ 2024
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ގާނޫނު އުވާލުމަށްފަހު ދައުލަތުގެ ކުންފުނިތަކާ ގުޅޭ އާ ގާނޫނެއް އެކުލަވާލަން ނިންމައިފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ގާނޫނު އުވާލުމަށްފަހު ދައުލަތުގެ ކުންފުނިތަކާ ގުޅޭ އާ ގާނޫނެއް އެކުލަވާލަން ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރިޕޯޓުގައި ކުންފުނިތަކާ ގުޅޭގޮތުން ގެންނަ އިސްލާހުތަކުގައި ވާ ގޮތުން އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ދައުލަތުގެ ކުންފުނިތަކާ ގުޅޭ އާ ގާނޫނެއްގެ ބިލް މަޖިލީހަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. އެއީ މާލީ އިދާރާތަކުގެ ލަފައާ އެކު ކުންފުނިތައް ހިންގުމަށް އެންމެ ބެސްޓް ޕްރެކްޓިސްތައް ހިމަނައިގެން އެކުލަވާލާ ގާނޫނެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ ގާނޫނުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަނެންސް އޮނިގަނޑެއް ގާއިމްކޮށް، އެސްއޯއީތަކުގެ މިލްކުވެރިކަމުގެ ސިޔާސަތުތައް ކަނޑައަޅާއި ހިންގުމާއި ބެލެހެއްޓުމުގެ މިންގަނޑުތައް ވެސް ކަނޑައަޅާނެ އެވެ.
އެހެންވެ، ޕީސީބީގެ ގާނޫނު އުވާލުމަށްފަހު، އެ ގާނޫނުގައި ހިމެނޭ މުހިންމު ބައިތައް ވެސް އެސްއޯއީތަކާ ގުޅޭ ގާނޫނަށް އިތުރުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ޕީސީބީ އުވާލުމަށްފަހު ކުންފުނިތަކާ ގުޅޭ ހުރިހާ ކަންކަން ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އިސްރާފު ހުއްޓުވުމަށް ގަވާއިދުން އޮޑިޓް ކުރުމާއި މާލީ ކަންކަން ބެލެހެއްޓުމާއި މުވައްޒަފުން ބޭނުންވާ ވަރަށް ވުރެ އިތުރަށް ނެގުން ހުއްޓުވުމަށްޓަކައި މުވައްޒަފުން ނެގުމުގެ އާ އުސޫލެއް އެކުލަވާލާނެ ކަމަށެވެ.
ސަރުކާރު ހިއްސާވާ 30 ކުންފުންޏެއް މިވަގުތު އޮތްއިރު، ފައިދާ ލިބެނީ 40 ޕަސެންޓު ކުންފުނިންނެވެ. އޭގެ ތެރެއިން ވެސް ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތައް ހިފަހައްޓައިގެން ހިންގަނީ ދިހަ ވަރަކަށް ކުންފުންޏެވެ.
ސަރުކާރުގެ ކުންފުނިތަކަށް ކުރާ ހޭދައަކީ އެންމެ ބޮޑު އިސްރާފެއް ހިނގާ އެއް ދާއިރާ އެވެ. އެކަންކަން ހައްލުކޮށް ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރާއިރު، މިއަހަރުގެ މިހާތަނަށް ވަނީ 2.1 ބިލިއަން ރުފިޔާ ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ބަޖެޓްކޮށްފަ އެވެ.
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ
ކުންފުނިތަކުގެ ބަޖެޓު ފިނޭންސަށް ހުށަހަޅަން ޖެހޭނެ
އެސްއޯއީތަކުން ލިބުނު ފައިދާ 6.4 ބިލިއަން ރުފިޔާއަށް
މިފްކޯއަށް ސީއީއޯއަކު ހޯދަން އަލުން އިއުލާންކޮށްފި
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
ފެނަކައިގެ ޗެއާމަނާއި ބޯޑުގެ ދެ މެންބަރަކު ވަކިކޮށްފި
ބައެއް ކުންފުނިތަކުން މުސާރައަށް ބޮޑު ހޭދައެއް!
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
އެސްއޯއީތަކަށް މާލީ ދާއިރާގެ ބޯޑު ޑިރެކްޓަރެއް
ގިނަ އެސްއޯއީތައް ޓްރާންސްޕޭރެންޓެއް ނޫން