Roadha Mihaaru
ޑުބާއީ ކުއްޖެއްގެ ހަށިގަނޑުގައި އިންޑިއާ މީހެއްގެ ހިތް

އިންޑިއާ މީހެއްގެ ހިތުން ޑުބާއީ ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްފި

07 މާޗް 2017

އިންޑިއާގެ ސޫރަތު މުނިސިޕަލް ކޯޕަރޭޝަނުން ހިންގާ ސްކޫލެއްގައި މަސައްކަތްކުރި ޓީޗަރެއްގެ ހިތް މިހާރު އޮތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ 14 އަހަރު ކުއްޖެއްގެ ހަށިގަނޑުގަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ސޫރަތު މުނިސިޕަލް ކޯޕަރޭޝަނުން ހިންގާ ސްކޫލެއްގައި މަސައްކަތްކުރި ޓީޗަރެއްގެ ހިތް މިހާރު އޮތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ 14 އަހަރު ކުއްޖެއްގެ ހަށިގަނޑުގަ އެވެ.

ޕަރީމަލް ބަގަތު، 43، އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރި ޓީޗަރެކެވެ. އޭނާ މިހާރު ދުނިޔެއަކު ނެތެވެ. އެކަމަކު އޭނާގެ ހިތް ދުބާއީގެ ޚަދީޖާ އަބްދުﷲ އޮބައިދުﷲ، ގެ ހަށިގަނޑުގައި އަންނަނީ ހިނގަމުންނެވެ.

ބަގަތުގެ ހިތް. އޭނާގެ އަމިއްލަ އަވަށް ކަމަށްވާ ސޫރަތުއާ 1،615 ކިލޯ މީޓަރު ދުރުގައިވާ ޗެންނައިގެ ފޯޓިސް މަލާރް ހޮސްޕިޓަލަށް ގެންގޮސް ޚަދީޖާގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓް ކުރީ އެވެ. ޚަދީޖާއަކީ ހިތުގެ ބައްޔެއް ހުރެގެން އެކަމަށް ގިނަ ދުވަސްތަކެއް ވަންދެން ބޭސް ކުރަމުން އައި ކުއްޖެކެވެ.

ބަގަތު އަކީ އާދައިގެ ސިއްހަތެއްގައި އުޅުނު މީހެކެވެ. އޭނާގެ ބޮލުގައި ކުއްލިއަކަށް ރިއްސާތީ އުޅެން ފެށީ މި މާޗް މަހުގެ ދެ ވަނަ ދުވަހު އެވެ.

އާދަކޮށް ބަގަތު ސްކޫލޫގެ ވަޒީފާއަށް ދާން ނުކުންނަނީ ހެނދުނު 7.00 ގަ އެވެ. އެ ދުވަހު 9.00 ވީއިރު ވެސް އޭނާ ނުހޭލަ އެވެ.

ނުހޭލައިގެން ބެލި އިރު ހަރަކާތް ހުއްޓިފައި ވާތީ 10.30 ހާއިރު ބަގަތު ހޮސްޕިޓަލަށް ގެންދިޔަ އެވެ. ސީޓީ ސްކޭން އާއި އެހެން ރިޕޯޓްތަކުން ދެއްކީ ބަގަތުގެ ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ވަރަށް ބޮޑަށް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ. އަދި މާޗް ތިން ވަނަ ދުވަހު ބަގަތުގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުންގެ ޓީމުން އޭނާގެ އާއިލާއަށް އެންގި އެވެ.

ޑޮނޭޓް ލައިފް ކިޔާ ޖަމްއިއްޔާއަކަށް މިކަން އެންގުމުން އެތަނުން މީހުން ގޮސް ބަގަތުގެ އާއިލާއާ ބައްދަލުކޮށް ބަގަތުގެ ގުނަވަންތައް ހަދިޔާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ.

ބަގަތުގެ ގުނަވަންތައް ހަދިޔާކުރަން އާއިލާއިން އެއްބަސްވުމުން "ޑޮނޭޓް ލައިފް"ގެ ފަރާތުން ވަނީ ބަގަތުގެ ގުނަވަންތައް ބޭނުން މީހުން ތިބިތޯ ބަލަން ހޮސްޕިޓަލުތަކާ ގުޅައިފަ އެވެ. ނަމަވެސް އިންޑިއާގައި ބަގަތުގެ ހިތާ މެޗުވާ ހިތެއް ބޭނުންވާ މީހަކު ހުރި ކަމަކަށް ނުވި އެވެ. އެހެންވެ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާ ގުޅައިގެން، ބަގަތުގެ ގައިގައި ހުރި އޭ ޕޮޒިޓިވް ލެޔާ ގުޅޭ ހިތެއް ބޭނުންވާ މީހަކު ހުރިތޯ ބެލި އިރު ހިތެއް ނުލިބިގެން ދުބާއީގައި ކުއްޖަކު މަރާ ހަނގުރާމަކުރާކަން އެނގުނެވެ.

އެހެންވެ ޑުބާއީގެ މި ކުއްޖާޗެންނައިގެ ފޯޓިސް ހޮސްޕިޓަލުގައި އޮންނަ ހިތުގެ ޓްރާންސްޕްލާންޓަށް ބޭނުންވާ މީހުންގެ ރަޖިސްޓްރީއަށް އެރުވި އެވެ. އަމި ކުއްޖާގެ ހިތް ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ވަނީ ވަރަށް ކާމިޔާބު ކަމާއެކު ކޮށްފަ އެވެ.