Roadha Mihaaru
ކެރެލާ މީހެއްގެ ހަށިގަނޑުގައި ދެ ހިތް

ކެރެލާ މީހެއްގެ ހަށިގަނޑުގައި ދެ ހިތް

04 ޖޫން 2017

އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ މީހެއްގެ ހަށިގަނޑުގައި، ބަރާބަރަށް ހިނގާ ދެ ހިތް އެބަ އޮތެވެ. އޭނާގެ ހަށިގަނޑުގައި ދެ ހިތް އޮތީ ހިތުގެ ބައްޔަކާ ގުޅިގެން އެހެން މީހެއްގެ ހިތް ލެއްވުމުންނެވެ. މި މީހާގެ ހަށިގަނޑުގައި ހިނގާ ދެ ވަނަ ހިތަކީ އަންހެނެއްގެ ހިތެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ މީހެއްގެ ހަށިގަނޑުގައި، ބަރާބަރަށް ހިނގާ ދެ ހިތް އެބަ އޮތެވެ. އޭނާގެ ހަށިގަނޑުގައި ދެ ހިތް އޮތީ ހިތުގެ ބައްޔަކާ ގުޅިގެން އެހެން މީހެއްގެ ހިތް ލެއްވުމުންނެވެ. މި މީހާގެ ހަށިގަނޑުގައި ހިނގާ ދެ ވަނަ ހިތަކީ އަންހެނެއްގެ ހިތެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނީ މި ފިރިހެންމީހާގެ ކޮށްފައި ވަނީ ވަރަށް މަދުން ނޫނީ ނުކުރާ ޒާތުގެ ހާޓް ޓްރާންސްޕްލާންޓެއް ކަމަށެވެ. އާއްމުކޮށް ހިތް ބަދަލުކުރަނީ ފެއިލްވެފައިވާ ހިތް ނެގުމަށް ފަހުގައި ކަމަށް ވިޔަސް މި މީހާގެ ހިތް އިން ގޮތަށް ބައިންދާފައި ޓްރާންސްޕްލާންޓްކުރި ހިތް ހަށިގަނޑުގެ އަސްލު ހިތާ ގުޅާލީ އެވެ. އެއީ ކުރީގެ ހިތާއި ފަހުން ލެއްވި ހިތުން ބަހާލައިގެން މަސައްކަތްކުރާ ގޮތަށެވެ.

އިންޑިއާގެ ކޮވާއީ މެޑިކަލް ސެންޓަ އެންޑް ހޮސްޕިޓަލުގެ ކާޑިއޯ-ތޮރޭސިކް ސާޖަނުން މި މީހާއަށް އިތުރު ހިތެއް ލެއްވީ ހިތުގެ ޓެސްޓްތައް ހެދި އިރު އޭނާގެ ހިތުގެ މަސައްކަތްކުރާ ރޭޓް އެންމެ 10 ޕަސެންޓްގައި ހުރުމުންނެވެ.

މި މީހާގެ ހިތް އެ ހިނގަމުން ދިޔަ ވަރަށް ދޫކޮށްލާފައި އާ ހިތެއް ލައްވަން ޖެހުނީ ފުއްޕާމޭގެ ޕްރެޝަރާއި ރެސިސްޓެންސް މަތިވީމާ ކަމަށާއި މިފަދަ ހާލަތުގައި ފުއްޕާމޭގެ ޕްރެޝަރާ ހެދި، އަލަށް ލައްވާ ހިތް ފެއިލްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެއް ހިތް އޮއްވާ އަނެއް ހިތް ގުޅާފައިވާ މީހާ

އެއް ހިތް އޮއްވާ އަނެއް ހިތް ގުޅާފައިވާ މީހާ

މިގޮތަށް ދިމާވުމުން ހިތާއި ފުއްޕާމޭ އެއްފަހަރާ ޓްރާންސްޕްލާންޓް ކޮށްގެން ނޫނީ ސަލާމަތެއް ނުވެ އެވެ. ނަމަވެސް އެމީހާގެ އޮޕަރޭޝަން ކުރަން އޮތް ދުވަހު، ސިކުނޑި މަރުވެފައިވާ އަންހެނަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އެ މީހާގެ ހިތް މި މީހާގެ ހިތާ ގާތްގަނޑަކަށް އެއްވަރު ވެފައި ގުޅޭތީ އެ ހިތް ލެއްވުން މާ ރަނގަޅުކަމަށް ފެނުނީ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ތިން ގަޑިއިރަށް ވުރެ ގިނައިރުވި މި އޮޕަރޭޝަންގައި ޑޮކްޓަރުން ވަނީ އެމީހާގެ ހިތާ ދިމާލުން މޭ މަތި ފަޅާލުމަށް ފަހު، އަލަށް ޓްރާންސްޕްލާންޓް ކުރާ ހިތަށް ކަނާތްފަރާތުން ޖާގަ ހަދާފަ އެވެ. ސަބަބަކީ އާދައިގެ ގޮތެއްގައި ހިތް އިންނަނީ ކޮންމެ މީހެއްގެ ވެސް ވާތް ފަރާތުގައި ކަމަށް ވާތީ އެވެ.

މި ސާޖަރީ ފުރިހަމަކޮށްފައި ވަނީ ހަށިގަނޑުގައި އިން ހިތް ހުއްޓުވާ ނުލަ އެވެ. ޓްރާންސްޕްލާންޓް ކުރި ހިތާއި ކުރިން އިން ހިތުގެ ހިނގުން ތަފާތުވީމާ އެކަން ހަމައަކަށް އަޅުވައި ދެ ހިތް ހިނގާވަރު އެއްވަރު ކޮށްފައިވަނީ ޕޭސްމޭކާއެއްގެ އެހީގަ އެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މި މީހާ މިހާރު ވަނީ "ބެލެންސްޑް" މީހަކަށެވެ. އަދި ޖެނެޓިކަލީ ވަރަށް އާދަޔާޚިލާފު މީހަކަށެވެ. ސަބަބަކީ މިހާރު އޭނާގެ ހަށިގަނޑުގައި ހުންނާނީ ހަމައެކަނި އެކްސްވައި ކްރޮމޮޒޯމްސް ނޫންވީމަ އެވެ. އަންހެނެއްގެ އެކްސްއެކްސް ކްރޮމޮޒޯ މްސް ވެސް އެމީހާގެ ހަށިގަނޑުގައި މިހާރު ހުންނާތީ އެވެ.