Roadha Mihaaru

މިޔަރެއް ހަމަލާ ދީގެން ޓޫރިސްޓަކު ޒަހަމްވެ ފަރުވާދެނީ

ކ. މާފުށީގައި ޑައިވިނަށްދިޔަ ޓޫރިސްޓަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މިޔަރެއް ހަމަލާ ދީގެން ޓޫރިސްޓަކު ޒަހަމްވެ ފަރުވާދެނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ނޮވެމްބަރ 2024

ކ. މާފުށީގައި ޑައިވިނަށްދިޔަ ޓޫރިސްޓަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

އެ ހަމަލާގައި ޒަހަމްވީ ޗައިނާގެ 45 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން ބުނީ އެ ޓޫރިސްޓަށް ފަރުވާދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ ޕޮލިހުން ބުނީ ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެމްއެންޑީއެފް ޓްރެއިނިންގައު އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މަރު ވެސް ވެފައިވެ އެވެ.