ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
19 ނޮވެމްބަރ 2024
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލެ މޫދަށް އެރި އުޅުނު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި އިއްޔެ އެ ވާހަކަ ހިއްސާ ކުރި މީހަކު ބުނެފައި ވަނީ ހުޅުމާލެ މޫދުގައި އުޅޭ އެހެން ކުދިންގެ ކައިރީގައި ވެސް އެކަހެރި ހިސާބުތަކަށް ދާން އެ ފިރިހެން މީހާ ބުނެފައިވާ ކަމަށެވެ.
އެ ކުދިންގެ ނުރުހުމުގައި ކުދިން ގައިގައި އަތްލާން އުޅުނުކަން ފަޅާއެރުމުން، ފިރިހެން މީހާ ޕޮލިހުންނާ ވެސް ހަވާލު ކުރި ކަމަށް އެ ޕޯސްޓުގައިވެ އެވެ.
އެ މީހާ އަކީ ހުޅުމާލެ ފޭސް1ގެ މާރުކޭޓުގައި މަސް ވިއްކަން އުޅޭ މީހެއް ކަމަށް ބުނެ އޭނާގެ ފޮޓޯ ވެސް އާންމު ކޮށްފައިވެ އެވެ.
ކުއްޖަކާ ބެހުނުކަމަށް ބުނެ މީހަކަށް އަނިޔާކޮށްފި
ޖިންސީ ގޯނާގެ ތުހުމަތު އެޅުނު ދެ މީހުން ދޫކޮށްލައިފި
ކުޑަކުއްޖަކަށް އަނިޔާކޮށްގެން ޑޮކްޓަރަކު ހައްޔަރުކޮށްފި
ތުއްތު ކުއްޖާގެ ރޭޕް: ބައްޕަގެ ބަންދަށް 15 ދުވަސް
ކުޑަކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފި
2 ކުދިންނާ ބެހުނުކަމަށް ތުހުމަތުކުރި މީހާ ދޫކޮށްލައިފި
ދެ ކުދިންނާ ބެހުނު މީހާގެ ބަންދަށް 12 ދުވަސް
ދެ ކުދިންނާ ބެހުނު މީހާ ގަންހިންގަނިކޮށް ހައްޔަރުކޮށްފި
ހުޅުމާލޭގައި ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ކުޑަކުއްޖައާ ބެހެންއުޅުނު މައްސަލާގައި ވާހަކަ ނުދެއްކި