Roadha Mihaaru

އިމާމަށް ހަމަލާދޭން އުޅުނު މީހާ ތަހުގީގު ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭ ސަހަރާގެ މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހުރި މުދިމަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

އިމާމަށް ހަމަލާދިން މީހާ ތަހުގީގު ނިމެންދެން ބަންދަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

24 ނޮވެމްބަރ 2024

ހުޅުމާލޭ ސަހަރާގެ މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހުރި މުދިމަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު މަޣުރިބް ނަމާދުކުރަން ހުއްޓާ އިމާމަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރީ އދ. ދަނގެތި، ލިލީގޭ ހުސައިން ފާއިގް އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށެވެ.

އިމާމަށް ހަމަލާދޭން އުޅުނު ވަގުތު އެކަން ހުއްޓުވަން މަސައްކަތް ކުރި ފުލުހަކަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އޭނާ ހަމަލާދިނެވެ.

އެ މައްސަލަ ބަލަމުންދާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.