ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕަ އަށް ރޭ ވަޅިން ހަމަލާ ދީފި އެވެ.
01 ސެޕްޓެމްބަރ 2025
ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕަ އަށް ރޭ ވަޅިން ހަމަލާ ދީފި އެވެ.
ފުލުހުން ބުނީ، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނަކު، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕަ އަށް ތޫނު އެއްޗަކުން ހަމަލަ ދިން މައްސަލައެއް ރޭގެ 10:30 ހާއިރު އއ. އުކުޅަހުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާވި މީހާ އަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނިގޮތުގައި އެ މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ. އޭނާގެ ބަނޑާއި އަތް ޒަހަމް ވެފައިވާ ކަމަށް ވެސް ހާދިސާގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ފުލުހުން ބުނީ، ބައްޕަ އަށް ހަމަލާދިން ދަރިފުޅު މިހާރު ވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ދަރިފުޅު ހަމަލާދިނުމުން ޒަހަމްވި ބައްޕަ ފަރުވާއަށް މާލެ
މަގުމަތީ ހުރި މީހެއްގެ ގަޔަށް ވަޅިން ހަމަލާދީފި
ޒަހަމްތަކަކާ އެކު މަގުމަތިން ފެނުނު މީހަކަށް ފަރުވާދެނީ
އިމާމަށް ހަމަލާދިން މީހާ ތަހުގީގު ނިމެންދެން ބަންދަށް
ނަމާދަށް ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރު
ހިޔާ ފްލެޓެއްގައި ކުއްޖެއްގެ ގަޔަށް ވަޅި ހަރައިފި
ރަށުތެރޭގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރަނީ
ވަޅިން ހަމަލާދިން ދެ މީހަކު 10 އަހަރަށް ޖަލަށް
މާލޭގައި މީހަކަށް ވަޅިން ހަމަލާ ދީފި
އަލީ ސޯލިހަށް ހަމަލާދިން މީހާ 15 ދުވަހަށް ބަންދަށް