Roadha Mihaaru
ހިޔާ ފްލެޓެއްގައި ކުއްޖެއްގެ ގަޔަށް ވަޅި ހަރައިފި

ހިޔާ ފްލެޓެއްގައި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި

27 މެއި 2023

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ހާދިސާގައި އަނިޔާވެފައިވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އަދި އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ހިޔާގެ ޓަވަރު 10 ގަ އެވެ.

އެ ކުއްޖާގެ ބުރަކަށީގައި ފުލުހުން ފޮތިގަނޑެއް އަޅައިގެން ލޭ މަނާކުރާ މަންޒަރާއި އެމްބިއުލެންސްއަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.