Roadha Mihaaru

ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގައި މީހަކަށް ބޮޑެތި އަނިޔާތަކެއް

މާލޭގެ ކެފޭއެއްގެ ތެރޭގައި މިރޭ ހިނގި މާރާމާރީއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

ކެފޭއެއްތެރޭ މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވެެއްޖެ

މާލޭގެ ކެފޭއެއްގެ ތެރޭގައި މިރޭ ހިނގި މާރާމާރީއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

މާރާމާރީ ހިނގާފައިވަނީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭއެއްގެ ތެރޭގަ އެވެ.

އެ މާރާމާރީގައި އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވެފައި ވާއިރު، އެ މީހާ އަށް ފަރުވާ ދިނުމަށް ފުލުހުންގެ އެހީތެރިކަމާ އެކު އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އަނގަ އާއި ނޭފަތުން ލޭ ފައިބަމުންދިޔަ އެވެ. ސްޓްރެޗާއެއްގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޮކްސިޖަން ވެސް ގުޅައިގެންނެވެ. ފެންނަ ފެނުމަށް އޭނާގެ ހޭވެރިކަމެއް ނެތެވެ.

މި މާރާމާރީ ހިންގީ ކޮން ސަބަބަކާ ހުރެ ކޮން ބައެއްގެ މެދުގައި ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭގެ ރާކަނި ބީޗު ކެފޭގައި ދެ މީހަކު ކޮފީއެއްގައި ތިއްބައި އެ ތަނަށް ވަދެ އެ މީހުންނަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލައެއް ވެސް ފުލުހުން ތަހުގީގު ކުރި އެވެ.

އެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.