މާލޭގެ ކެފޭއެއްގެ ތެރެއަށް ބަޔަކު ވަދެ އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މާލޭގެ ކެފޭއެއްގެ ތެރެއަށް ބަޔަކު ވަދެ އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ބަޔަކު ވަދެގަނެ ގެއްލުން ދީފައިވަނީ ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ" ކެފޭއަށެވެ. އެ ތަނަށް ވަދެގަނެފައިވަނީ ތިން މީހުންނެވެ.
އެ ކެފޭގައި ޑެކަރޭޓްކުރަން ހަރުކޮށްފައި ހުރި ބައެއް ތަކެއްޗަށް އެ މީހުން ވަނީ ގެއްލުންދީފަ އެވެ. އެލުވާފައި ހުރި އެ ތަކެތި ނައްޓަމުން އެ މީހުން ބުނަމުންދިޔައީ "މިއީ ދިވެހިރާއްޖެ ކަމަށާއި މިތަނުގައި އެކަން ނުކުރެވޭނެ" ކަމަށެވެ.
އެވަގުތު ކެފޭގައި ތިބި ބިދޭސީ މުވައްޒަފުން އެ މަންޒަރު ވީޑިއޯ ކުރުމުން ވީޑިއޯ ޑިލީޓް ކުރަން ވެސް އިންޒާރު ދޭ ތަން ފެނެ އެވެ.
MPS is actively investigating this incident and taking all necessary actions. https://t.co/OQfJcQHsDw
— Ahmed Shifan (@Shifan4040) December 12, 2024
ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކެފޭއަށް ވަދެ ގެއްލުންދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށެވެ. މިހާތަނަށް މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަމީނީ މަގުގައި ހުންނަ "ކެފޭ ދި މާލެ" އަށް ވެސް މީގެ ދުވަސްކޮޅެއް ކުރިން ބަޔަކު ވަދެ ގެއްލުން ދީފައިވެ އެވެ.
ކެފޭއަކަށް ވަދެ ގެއްލުން ދިން ދެ މީހުން ހައްޔަރުކޮށްފި
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް
ކެފޭއެއްތެރޭ މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވެެއްޖެ
މެރާކީ ކެފޭއަށް ގެއްލުން ދިން ދެ މީހަކު ހައްޔަރުކޮށްފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ކެފޭ މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް
ކެފޭއެއްގެ ބަދިގޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ހަމަލަދީފި
ތިމަރަފުށީގައި މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފި