ހޮސްޕިޓަލަށް މަހަކު 14،500ރ. ދައްކަންޖެހޭ ގޮތަށް އޭޑީކޭގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު އެ ހޮސްޕިޓަލުން އިއްޔެ ހުޅުވާލައިފި އެވެ.
ހޮސްޕިޓަލަށް މަހަކު 14،500ރ. ދައްކަންޖެހޭ ގޮތަށް އޭޑީކޭގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު އެ ހޮސްޕިޓަލުން އިއްޔެ ހުޅުވާލައިފި އެވެ.
އަންނަ ޖެނުއަރީގައި ފަށާ މެޑިކަލް އިންޓާންޝިޕަށް ހުޅުވާލިކަން އިއުލާންކޮށް އޭޑީކޭއިން ކުރި އިއުލާނުގައި ބުނީ އެކަމަށް އެދި، އަންނަ މަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ނަމަވެސް، އިންޓާންޝިޕް ހަދަން ބޭނުންވާ ނަމަ، އެ ޑޮކްޓަރަކު ކޮންމެ މަހަކު ވެސް 14،500ރ. ދައްކަންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވައިދު އޮންނަގޮތުން ޕްރެކްޓިސްކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަކުރުމުންނެވެ. އެ އުސޫލުން ބަލާ ނަމަ، އޭޑީކޭގައި އިންޓާންޝިޕް ހަދަން އެ ތަނަށް 174،000ރ. ގެ ފީއެއް ދައްކަންޖެހެ އެވެ.
އިންޓާންޝިޕްގެ ފުރަތަމަ ބުރުން އޭޑީކޭއިން 20 ޖާގަ ދޭނެ އެވެ.
އައިޖީއެމްއެޗްގައި އިންޓާންޝިޕް ޑިމާންޑު ބޮޑުވުމުން، އޭޑީކޭގައި އިންޓާންޝިޕް ޕްރޮގްރާމް ފަށައިދިނުމަށް އެދުނީ ހެލްތު މިނިސްޓްރީންނެވެ. އެއަށްފަހު، އެ ހޮސްޕިޓަލުން ވަނީ އިންޓާންޝިޕް ގެންދިއުމަށް ދާނެ ހަރަދުތަކުގެ ތަފްސީލުތައް މިނިސްޓްރީއަށް ފޮނުވައި، އެބައި ކަވަރުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް، އެއަށް މިނިސްޓްރީން އަދި ޖަވާބެއް ނުދެ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުގައި އިންޓާންޝިޕް ހަދަން ފެށީ ޖެނުއަރީ، 2018 ގަ އެވެ. މި ވަގުތު ވެސް އެ ހޮސްޕިޓަލުގައި 60 ޑޮކްޓަރުން އަންނަނީ އިންޓާން ހަދަމުންނެވެ.
އަގުތައް ބޮޑުކުރުމުގެ ވިސްނުމެއް އަދި ނެތް: ޓްރީ ޓޮޕް
އޭޑީކޭ ހޮސްޕިޓަލް އަގުތައް ބޮޑުކުރީ 15-20 ޕަސެންޓު
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ފަރުވާއަށް ފައިސާ ބޭރުނުކޮށް ރަނގަޅުކުރަން ވިސްނަންޖެހޭ
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
ދެން ސިނގިރޭޓު ބޮވޭނީ ހުއްދަ އޮންނަ ކެފޭތަކުގައި
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ރާއްޖެ އިން ބޭރަށް އާސަންދަ ފުޅާކުރުމުގެ ބަހުސް