Roadha Mihaaru

ފައިސާ ނުދިނުމުން މަންމަ އާއި ކޮއްކޮއަށް ވަޅިން ހަމަލާދޭނެ ކަމުގެ އިންޒާރު ދިން މީހަކު ހައްޔަރު

މަންމަ އާއި ކޮއްކޮއަށް ވަޅިން ހަމަލާދޭނެ ކަމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

މަންމައަށް ވަޅިން ހަމަލާދޭނެކަމުގެ އިންޒާރު ދީފި

މަންމަ އާއި ކޮއްކޮއަށް ވަޅިން ހަމަލާދޭނެ ކަމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ މުހައްމަދު ޝަފީގު ކިޔާ މީހެކެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމުގެ ކުށުގައި އޭނާ ހައްޔަރު ކުރުމުން އޭނާ ހަތް ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފައިސާ ނުދީގެން އޭނާގެ މަންމަ އާއި ކޮއްކޮއަށް ވަޅިން ހަމަލާ ދޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އަދި އޭނާގެ ކޮޓަރި ތެރެއިން ދެ ވަޅި ވެސް ފެނިފައިވެ އެވެ.

އޭނާ ބަންދު ކުރަން ކޯޓުން އަމުރުކުރީ މުޖުތަމައުއަށް ނުރައްކަލެއް އޮތުމުން ކަމަށް އަމުރުގައިވެ އެވެ.

މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި މައިންބަފައިން އަތުން ފައިސާ އާއި އަގު ބޮޑު މުދާ ފޭރޭ މައްސަލަތައް އާންމުކޮށް ފުލުހަށް ރިޕޯޓްކުރެ އެވެ. އަދި އެފަދަ މީހުން މައިންބަފައިންނަށް ގެވެށި އަނިޔާ ކޮށްގެން ވެސް އެފަދަ ބައެއް މީހުންނަށް ކޯޓުތަކުން ކުރިން ހުކުމް ކޮށްފައިވެ އެވެ.