Roadha Mihaaru
ފުލުހުންނަށް ބިރު ދެއްކި ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރު ކޮށްފި

26 އެޕްރީލް 2020

ފުލުހުންނަށް މާލޭގައި ރޭ ދަންވަރު މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފުލުހުންނަށް މާލޭގައި ރޭ ދަންވަރު މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ނަމަވެސް އުމުރުން 30 އަހަރުގެ އެ ދެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނެއް މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ކޯޓުން ހަތް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނިގޮތުގައި މި ދެ މީހުން ފުލުހުންނަށް މަރުގެ އިންޒާރުދީ، ބިރު ދެއްކީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.