އަންނަ އަހަރު އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
08 ޑިސެމްބަރ 2024
އަންނަ އަހަރު އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ތޮއްޑުއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން، އެ ރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަަމުން އަންނަ ރަށެއްކަން ފާހަގަކުރެއްވި އެވެ. އެހެންވެ އެ ރަށުގައި ޑޮލަރު އޭޓީއެމް އެއް ބެހެއްޓުން މުހިއްމު ކަމަށް ވިދާޅުވި އެވެ. އެހެންވެ އަންނަ އަހަރުގެ ތެރޭގައި އެކަން ކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޑޮލަރުގެ ވިޔަފާރި ތޮއްޑޫގައި ވަރަށް ބޮޑަށް އެބަ ހިނގާ. އެހެންވީމާ އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ކުރުމުގެ ސިޔާސަތުގެ ތެރެއިން މި ރަށުގައި ތިބެގެން ޑޮލަރު އިތުރުކުރެވޭނެ ގޮތެއް ހަދައިދިނުން. އިރާދަކުރެއްވިއްޔާ ޑޮލަރުގެ އޭޓީއެމްއެއް ގާއިމުކޮށް ދޭނަން،" ރައީސް ވިދާޅުވި އެވެ.
މާލެ ފިޔަވައި އަތޮޅުތެރޭގައި ބެހެއްޓި ފުރަތަމަ ޑޮލަރު އޭޓީއެމް ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބީއެމްއެލް އިން މިހާރު ވަނީ ކ. މާފުށީގައި ބަހައްޓައި މިދިޔަ ޖޫން މަހު ހިދުމަތް ފަށައިފަ އެވެ.
ގެސްޓްހައުސް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ
ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަނީ
ތޮއްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމެއް ބަހައްޓައިފި
މާފުށީގައި މިއަހަރު ޑޮލަރު އޭޓީއެމް ހުޅުވާނަން: ރައީސް
ހަނިމާދޫ އެއާޕޯޓަށް ޑޮލަރު އޭޓީއެމަކާއި ޑޮލަރު ކައުންޓަރެއް
ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓްތައް ބޮޑުކުރަނީ
ޑެބިޓް ކާޑުން ކެނޑޭ ވަރު 1،000 އަށް މަތިކުރަނީ
އަމާޒަކީ ރަށްރަށަށް މަތީ ފެންވަރުގެ ހިދުމަތް ދިނުން
ތޮއްޑޫގައި 30 އެނދުގެ ހޮސްޕިޓަލެއް