މި އަހަރު ނިމުމުގެ ކުރިން ކ.މާފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
15 ފެބުރުއަރީ 2024
މި އަހަރު ނިމުމުގެ ކުރިން ކ.މާފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބު ދެއްވާ "ރައީސް ޖަވާބު" ވީޑިއޯގައި، މާފުށީގެ ރައްޔިތެއްގެ ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ، އެ ރަށުގައި ޑޮލަރު އޭޓީއެމް ހުޅުވަން ބީއެމްއެލްއާ އެކު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.
"މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އަޅުގަނޑުވީ ވައުދެއް. އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވީހާވެސް އަވަހަކަށް އޭޓީއެމް ބަހައްޓަން ވަރަށް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ކ. މާފުއްޓަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ގެސްޓްހައުސް ހިންގާ ރަށެވެ. އެ ރަށުގައި 59 ގެސްޓްހައުސްގައި 1،900 އަށް ވުރެ ގިނަ އެނދުން ހިދުމަތްތައް އަންނަނީ ދެމުންނެވެ. އެ ރަށަކީ ގެސްޓްހައުސްތަކުން އެންމެ ބޮޑު އަދަދަކަށް ދައުލަތަށް ޓެކްސް ވަންނަ ރަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މާފުށީގައި އޭޓީއެމް ހުޅުވުމުގެ އިތުރުން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނުފެށުނު ނަމަވެސް، ބޭނުންވަނީ އެކަން ވެސް ވަރަށް އަވަހަށް ފެށުމަށެވެ. ދައުރުގެ ފަހު އަހަރަށް މަސައްކަތްތައް ނުބަހައްޓައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ފުއްދަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ވެސް ވަނީ މާފުށީގެ ރައްޔިތުންނަށް ބޭނުންވާ 25 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.
ގެސްޓްހައުސް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ
ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަނީ
ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަނީ
އަތޮޅުތެރޭގެ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުއްޓަށް
ހަނިމާދޫ އެއާޕޯޓަށް ޑޮލަރު އޭޓީއެމަކާއި ޑޮލަރު ކައުންޓަރެއް
ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓްތައް ބޮޑުކުރަނީ
ޑެބިޓް ކާޑުން ކެނޑޭ ވަރު 1،000 އަށް މަތިކުރަނީ
އަމާޒަކީ ރަށްރަށަށް މަތީ ފެންވަރުގެ ހިދުމަތް ދިނުން
ތޮއްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމެއް ބަހައްޓައިފި