މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
22 ސެޕްޓެމްބަރ 2025
މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ރާއްޖެ އިން ބޭރުން މިހާރު ޑެބިޓް ކާޑުން ކެނޑެނީ 500 ޑޮލަރެވެ.
މ. މުލީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާކަމަށެވެ.
ބޭސްފަރުވާ އަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް ނޮވެމްބަރު 11 އިން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރުން ފައިސާ ދެއްކޭ އަދަދު ނޮވެމްބަރު 11 އިން ފެށިގެން މަތިކުރަނީ އެ ބޭންކުގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޑޮލަރު ގަނެގެން ދިވެހިން އުޅެން ޖެހޭ "އަޅުވެތިކަމުން" އަރައިގަތުމަށް އަޅާ މުހިންމު ފިޔަަވަޅުތަކެއް ކަމަށެވެ.
މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރުން ރައީސް ވަނީ ބީއެމްއެލްގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް މިއަދު ހަމަޖެއްސި ކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
ޔުއާން އިން އެކައުންޓު ހުޅުވޭނެ ގޮތަށް ހަމަޖައްސެމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޓިޑް ކާޑު ތައާރަފުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިންޑިއަން ރުޕީސް ބޭނުން ކުރެވޭ ގޮތް ހަމަޖައްސަން ބީއެމްއެލަށް މިހާރު ވެސް ވާނީ އަންގަވައިފަ އެވެ.
"ދިވެހި ވިޔަފާރިވެރިން ޗައިނާ އިން ވަރަށް ބޮޑަށް ވިޔަފާރި ކުރޭ. ވަރަށް ބޮޑު ތަނުން އޭގެ ނަތީޖާ ރަނގަޅުވާނެ. އަދި ޖެނުއަރީ އެކަކުން ފެށިގެން ޗައިނާ ފައިސާގެ އެކައުންޓްތަކަށް ހާއްސަކޮށް ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރާ ކާޑު، ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ތައާރަފު ކުރެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އޭގެން ވެސް ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އާއި އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ."
އެމަނިކުފާނު ވިދާޅުވީ އެގޮތަށް ހަމަޖެހިގެން ދިޔުމުން ދިވެހި ވިޔަފާރީގައި ބޭނުންކުރާ ޑޮލަރަށް އޮތް ޑިމާންޑު ކުޑަވާނެ ކަމަށެވެ.
"ކާޑު ލިމިޓު ބޮޑުކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން"
ކިޔަވާކުދިންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކޮށްފި
ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓްތައް ބޮޑުކުރަނީ
ބޭރުގައި ދިރިއުޅޭ ނަމަ 750 ޑޮލަރު އޭޓީއެމުން ނެގޭނެ
ރޯދަމަހު އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ދޫކުރި
ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ވާގިވެރިވާނެ:ސަރުކާރު
ދަރިވަރުންގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކޮށްފި
އިއްޔެ ކުރަން އުޅުނީ ސީދާ ބަޣާވާތެއް: ރައީސް
ކާޑުތަކުގެ ޑޮލަރު ލިމިޓު 90 ޕަސެންޓަށް ކުޑަކުރަނީ