Roadha Mihaaru
މުސްލިމުން މަނާކުރާ އާ އަމުރު ހުއްޓުވަން ކޯޓަށް

މުސްލިމުން މަނާކުރާ އާ އަމުރު ހުއްޓުވަން އަނެއްކާވެސް ކޯޓަށް

08 މާޗް 2017

ވޮޝިންޓަން (މާޗް 8) - މުސްލިމް ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމުގެ ގޮތުން ކޯޓަށް ދާނެ ކަމަށް ހަވާއީ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 8) - މުސްލިމް ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމުގެ ގޮތުން ކޯޓަށް ދާނެ ކަމަށް ހަވާއީ އިން ބުނެފި އެވެ.

މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ޖެނުއަރީ މަހު ފަހުކޮޅު ޓްރަމްޕް ނެރުއްވި އަމުރުގައި ހިމެނޭ ގައުމުތަކުގެ ތެރޭން އިރާގު އުނިކޮށް ފަހުގެ ގަރާރު ނެރުނީ މި ހަފުތާގަ އެވެ. އެ ގަރާރުގައިވާ ގޮތުން އީރާން، ސީރިއާ، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަން މީހުން 90 ދުވަހުގެ މުއްދަތަށް އެމެރިކާ އަށް ވަނުން ވަނީ މަނާކޮށްފަ އެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވެސް 120 ދުވަހު ހުއްޓާލަން ވަނީ ނިންމައިފަ އެވެ. މި އަމުރަށް އަމަލު ކުރަން ފަށާނީ މި މަހު 16 ވަނަ ދުވަހުން ފެށިގެންނެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އަމަރު ނެރުމުގެ ކުރިން ފެޑެރަލް ކޯޓުތަކަށް ނޯޓިސް ފޮނުވައިފަ އެވެ.

މުސްލިމުން މަނާ ކުރުމަށް ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް ކެލިފޯނިއާ އެެއާޕޯޓުގައި އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ

މުސްލިމުން މަނާ ކުރުމަށް ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް ކެލިފޯނިއާ އެެއާޕޯޓުގައި އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕް ފުރަތަމަ ނެރުއްވި އަމުރާ ދެކޮޅަށް ކޯޓަށް ދާން ވެސް ހަވާއީ އިން ނިންމި އެވެ. ނަމަވެސް ވޮޝިންޓަނުގެ ފެޑެރަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހަވާއީ އިން ވަނީ އެކަން މަޑު ޖައްސާލައިފަ އެވެ.

ޓްރަމްޕުގެ އަމުރާ ދެކޮޅަށް ކޯޓަށް ދިޔަ ވޮޝިންޓަނުގެ ސްޓޭޓް އެޓާނީ ބޮބް ފާގުސަން ވިދާޅުވީ އެންމެ ފަހުގެ އަމުރާ ދެކޮޅަށް ކޯޓަށް ދާނެތޯ ބެލުމަށް ދިރާސާ ކުރަމުންދާ ކަމަށާއި މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށެވެ. ޓްރަމްޕުގެ އަމުރާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ބުނަނީ ފަހުގެ އަމުރުގައި ވެސް ވަނީ މުސްލިމުން ވަރަށް ބޮޑަށް ތަފާތުކޮށްފައި ކަމަށެވެ.

ޖެނުއަރީ 27 ވަނަ ދުވަހު ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވީ ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުންނެވެ. ދަށު ކޯޓުގެ ހުކުމް ޖަސްޓިސް ޑިޕާޓްމަންޓުން އިސްތިއުނާފް ކުރި ނަމަވެސް ސަރުކާރަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ. ފަހުގެ އަމުރާ ދެކޮޅަށް ކޯޓަށް ދާ މައްސަލައާ ގުޅޭ ގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.