Roadha Mihaaru
ނޯތު ކޮރެއާ އެމްބަސީގައިވާ މީހުން ހޯދާނަން: މެލޭޝިއާ

ނޯތު ކޮރެއާ އެމްބަސީ ތެރޭގައިވާ މީހުން ފަސް އަހަރުވިޔަސް ހޯދާނަން: މެލޭޝިއާ

08 މާޗް 2017

ކުއާލަ ލަމްޕޫރު (މާޗް 8) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ މަރުގެ ތުހުމަތުގައި ހޯދަން ބޭނުންވާ މީހުންގެ ތެރޭން ނޯތު ކޮރެއާ އެމްބަސީ ތެރޭ ފިލައިގެން އުޅޭ މީހުން ހޯދަން ފަސް އަހަރު މަޑު ކުރަން ޖެހުނު ނަމަވެސް އެކަން ކުރާނެ ކަމަށް މެލޭޝިއާ ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނޯތު ކޮރެއާގައި ތިބި މެލޭޝިއާ މީހުން ފުރުން މަނާކުރުމާ އެކު މެލޭޝިއާ އިން ވަނީ ކުއާލަ ލަމްޕޫރުގައި ހުންނަ މެލޭޝިއާ އެމްބަސީގެ މައި ގޭޓުގައި ރީނދޫ ޓޭޕް ދަމާ ބަލަހައްޓަން ފަށައިފަ އެވެ. އަދި ނޯތު ކޮރެއާ މީހުން ވެސް މެލޭޝިއާ އިން ފުރުން ވަނީ މަނާކޮށްފަ އެވެ.

"ނޯތު ކޮރެއާ އެމްބަސީ ތެރޭގައިވާ މީހުން ހޯދުމަށް އެމްބަސީގެ ބޭރުގައި ފަސް އަހަރު މަޑުކުރަން ޖެހުނު ނަމަވެސް އެކަން ކުރާނަން. ޔަގީނުން ވެސް އެމްބަސީން ކޮންމެވެސް މީހަކު ނުކުންނާނެ،" ޕެނާންގުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފުލުހުންގެ ވެރިޔާ ޚާލިދު އަބޫ ބަކުރު ވިދާޅުވި އެވެ.

މެލޭޝިއާގައި ހުންނަ ނޯތު ކޮރެއާ އެމްބަސީގައި ފުލުހަކު ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

މެލޭޝިއާގައި ހުންނަ ނޯތު ކޮރެއާ އެމްބަސީގައި ފުލުހަކު ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

އޭނާ ވިދާޅުވީ ކިމްގެ މަރާ ގުޅިގެން ހޯދަން ބޭނުންވާ ތިން މީހަކު އެމްބަސީ ތެރޭގައި އުޅޭ ކަމަށް ބެލެވޭ ކަމަށެވެ.

ނޯތު ކޮރެއާ އެމްބަސީ ހުންނަ ސަރަހައްދު މެލޭޝިއާ ފުލުހުން އިއްޔެ ވަނީ ބަންދުކޮށްފަ އެވެ. އެމްބަސީ ހުންނަ މަގަށް ދުއްވާ އެއްޗެހި ނުވަދެވޭ ގޮތަށް ވެސް އިއްޔެ ހެނދުނު ބަންދުކުރި އެވެ. މަގުގެ ދެކޮޅުގައި ހަތިޔާރާ އެކު ފުލުހުން ހަރަކާތްތެރިވެ އެވެ.

ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ހޯދަން ބޭނުންވާ ނޯތު ކޮރެއާ މީހުންގެ ތެރޭގައި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އާއި ގައުމީ އެއާލައިނުގެ މުވައްޒަފަކު ހިމެނެ އެވެ. ކިމްގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ އަންހެނުންގެ މައްޗަށް މިހާރު ވަނީ ދައުވާ ކޮށްފަ އެވެ.

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް ވެސް ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީގެ ހިމާޔަތް ވަނީ 2012 ވަނަ އަހަރުން ފެށިގެން ހޯދައިފަ އެވެ.