Roadha Mihaaru
ކިމްގެ މަރާ ގުޅިގެން ދެ އަންހެނަކަށް ދައުވާ ކުރަނީ

ކިމްގެ މަރާ ގުޅިގެން ދެ އަންހެނަކަށް ދައުވާ ކުރަނީ

28 ފެބުރުއަރީ 2017

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 28) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭން ދެ އަންހެނަކަށް މީހުން މެރުމުގެ ދައުވާ ކުރާނެ ކަމަށް މެލޭޝިއާގެ އެޓާނީ ޖެނެރަލް މުހައްމަދު އަޕަންޑީ އަލީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 28) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭން ދެ އަންހެނަކަށް މީހުން މެރުމުގެ ދައުވާ ކުރާނެ ކަމަށް މެލޭޝިއާގެ އެޓާނީ ޖެނެރަލް މުހައްމަދު އަޕަންޑީ އަލީ ވިދާޅުވެއްޖެ އެވެ.

ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އަޅައިގެން އޭނާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އިންޑޮނީޝިއާ އާއި ވިއެޓްނާމުގެ ދެ އަންހެނުންނެވެ. އެޓާނީ ޖެނެރަލް ވިދާޅުވީ އެ ދެ އަންހެނުން ކުށްވެރިވެއްޖެ ނަމަ މަރުގެ އަދަބު އަންނާނެ ކަމަށެވެ.

"އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަނީ ގާނޫނު އުގޫބާތުގެ 302 ވަނަ މާއްދާގެ ދަށުން. އެއީ މީހުން މެރުމުގެ ދައުވާ. ކުށްވެރިވެއްޖެ ނަމަ އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެ،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނޯތު ކޮރެއާގެ މީހާ އަށް ދައުވާ ކުރުމާ މެދު ގޮތެއް އަދި ނުނިންމާ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

ކިމް މަރާލުމުގެ ތުހުމަތު 10 މީހެއްގެ މައްޗަށް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނޯތު ކޮރެއާގެ އިތުރު ހަތަރު މީހަކާއި އެ ގައުމުގެ ޑިޕްލޮމެޓަކު ވެސް ހިމެނެ އެވެ. ސައުތު ކޮރެއާ އިން ބުނެފައި ވަނީ މެލޭޝިއާ އިން ހޯދާ ނޯތު ކޮރެއާގެ ހަތަރު މީހުންނަކީ ޖާސޫސުން ކަމަށެވެ.

ކިމްގެ މަރާ ގުޅިގެން ހައްޔަރުކުރި އިންޑޮނީޝިއާ އަންހެން މީހާ ބުނީ އޭނާ ލައްވާ އެކަން ކުރުވަން ބަޔަކު 400 ރިންގިޓް (90 ޑޮލަރު) ދިން ކަމަށެވެ.