Roadha Mihaaru
ކިމް މަރާލުމުގެ ކުރިން އެމެރިކާގެ އެޖެންޓަކާ ބައްދަލުކުރި

ކިމް މަރާލުމުގެ ކުރިން އެމެރިކާގެ އެޖެންޓަކާ ބައްދަލުކުރި

30 ޖެނުއަރީ 2018

ކުއާލަ ލަމްޕޫރު (ޖެނުއަރީ 30) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް ކުއާލަ ލަމްޕޫރު އެއާޕޯޓުގައި މިދިޔަ އަހަރު މަރާލުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އެމެރިކާގެ އެޖެންޓަކާ ލަންކާވީ ރިސޯޓުގައި ބައްދަލުކޮށްފައި ކަމަށް ކޯޓުގައި އިއްޔެ ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ޖެނުއަރީ 30) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް ކުއާލަ ލަމްޕޫރު އެއާޕޯޓުގައި މިދިޔަ އަހަރު މަރާލުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އެމެރިކާގެ އެޖެންޓަކާ ލަންކާވީ ރިސޯޓުގައި ބައްދަލުކޮށްފައި ކަމަށް ކޯޓުގައި އިއްޔެ ބުނެފި އެވެ.

ކިމްގެ މަރުގެ ޝަރީއަތުގައި ހެކި ބަސް ދިން މީހަކު ބުނީ އެމެރިކާގެ ޖާސޫސީ އެޖެންޓާ ކިމް ބައްދަލުކޮށްފައި ވަނީ ފެބްރުއަރީ 9 ވަނަ ދުވަހު ކަމަށެވެ. މަކާއޫ އަށް ފުރަން ގޮސް ހުއްޓާ ޑިޕާޗާ ޓާމިނަލް ތެރޭން މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެން ފެބްރުއަރީ 13 ވަނަ ދުވަހު ކިމް މަރާލާފައި ވަނީ އިންޑޮނީޝިއާގެ ސިތީ އައިސިޔާ އާއި ވިއެޓްނާމުގެ ޑޯން ތި ހުއޮން އެވެ. ކިމް މަރާލި ކަމަށް އެ މީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އަންނާނެ އެވެ.

ދެ މީހުންގެ ވަކީލުން ބުނެފައި ވަނީ ކިމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ކަމަށެވެ.

ފުލުހުންގެ ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓެއް ބުނާ ގޮތުން ކިމްގެ ލެޕްޓޮޕް އެންމެ ފަހުން ބޭނުންކޮށްފައި ވަނީ ފެބްރުއަރީ 9 ވަނަ ދުވަހު އެވެ. އެއީ ލަންކާވީގައި އެމެރިކާގެ އެޖެންޓާ އޭނާ ބައްދަލު ކުރި ދުވަހެވެ. ލަންކާވީން ކުއާލަ ލަމްޕޫރަށް ކިމް ދަތުރުކޮށްފައި ވަނީ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ. މަކާއޫ އިން މެލޭޝިއާ އަށް އޭނާ ދަތުރުކޮށްފައި ވަނީ ފެބްރުއަރީ 6 ވަނަ ދުވަހު އެވެ.