Roadha Mihaaru

ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރި މައްސަލާގެ ތަހުގީގަށް ފުލުހުން އެޗްޑީސީ އަށް ވަދެއްޖެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލާގެ ތަހުގީގަށް އެޗްޑީސީގެ އޮފީހަށް ފުލުހުން ވަދެ، މީގެ އިރުކޮޅެއް ކުރިން ފާސްކުރަން ފަށައިފި އެވެ.

ފުލުހުން އެޗްޑީސީއަށް ވަދެ ފާސްކުރަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލާގެ ތަހުގީގަށް އެޗްޑީސީގެ އޮފީހަށް ފުލުހުން ވަދެ، މީގެ އިރުކޮޅެއް ކުރިން ފާސްކުރަން ފަށައިފި އެވެ.

ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ބަޔަކަށް ގޯތިތަކެއް ވިއްކި ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފުލުހުންގެ ފޮރެންސިކް ޓީމެއް މިއަދު ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ. ފުލުހުންގެ ހާއްސަ ޓީމެއް އެޗްޑީސީ އަށް ވަދެ ފާސްކުރަން ފެށީ ހަވީރު ފަހެއް ޖަހާކަން ހާއިރެވެ.

ފުލުހުން އެޗްޑީސީގެ އެތެރޭގައި ހަރަކާތްތެރިވާއިރު ބަޔަކު އެ އޮފީހުގެ ބޭރުގައި މިރޭ މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފުލުހުން އެޗްޑީސީގެ އެތެރޭގައި ހަރަކާތްތެރިވާއިރު ބަޔަކު އެ އޮފީހުގެ ބޭރުގައި މިރޭ މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ގެންދަނީ ހިންގަމުން،" އެޗްޑީސީ އަށް ވަދެ ފާސްކުރުމުގެ އޮޕަރޭޝަން ފެށުމަށް ފަހު، ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.

އުސޫލާ ހިލާފަށް ގޯތި ދިންކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީން އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތައް ވަނީ އާންމުވެފަ އެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލް

އެޗްޑީސީގެ އެމްޑީ ފަޒުލް

އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އޭނާއަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތެއް ނޫނެވެ.

އެޗްޑީސީ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ

އެނގިފައިވާ ގޮތުގައި ފޯޖްކޮށްގެން ބައެއް ލިޔުންތައް އުފެއްދިކަމުގެ ތުހުމަތު އެ މައްސަލާގައި ކުރެވެ އެވެ.

އެކަމާ ގުޅިގެން މިހާތަނަށް އެޗްޑީސީން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.