Roadha Mihaaru

އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަން ހިޔާ ފްލެޓުގައި؛ ތިން ބިދޭސީއަކު ހިފަހައްޓައިފި

ހިޔާ ފްލެޓްތަކުގައި މޯލްޑިވްސް އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަނެއް ހިންގައި، ތިން ބިދޭސީއަކު އިއްޔެ ހިފަހައްޓައިފި އެވެ.

އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަން ހިޔާ ފްލެޓުގައި
އިފްރާޒް އަލީ
އިފްރާޒް އަލީ

22 ޑިސެމްބަރ 2024

ހިޔާ ފްލެޓްތަކުގައި މޯލްޑިވްސް އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަނެއް ހިންގައި، ތިން ބިދޭސީއަކު އިއްޔެ ހިފަހައްޓައިފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ 2 ގެ ހިޔާ ފްލެޓުތަކުގައި ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

ހިޔާ ފްލެޓުގައި ހިންގާ އަށް ފިހާރައަކާއި ހަތަރު ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި ސެލޫނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އޭގެ ތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަން އުޅުނު ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފަ އެވެ. އަދި ސާފުތާހިރުކަން ދަށްކޮށް ކާބޯތަކެތި ހަދައި ވިޔަފާރިކުރާ ތަންތަން ވެސް އަންނަނީ ހުއްޓުވަމުންނެވެ.