އަތޮޅުތެރޭގައި ޔުޓިލިޓީ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަން ވެއްޓިފައި އޮތް މާލީ އަނދަވަޅުން ސަލާމަތް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، މި އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަތޮޅުތެރޭގައި ޔުޓިލިޓީ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަން ވެއްޓިފައި އޮތް މާލީ އަނދަވަޅުން ސަލާމަތް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، މި އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި، ފެނަކަ އިން ކޮށްފައިވާ މަސައްކަތްތަކާއި ހޯދުނު ކާމިޔާބީތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، އާ މެނޭޖްމަންޓުން ކުންފުނި ހިންގުމާ ހަވާލުވިއިރު، ދަރަނީގެ ގޮތުގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ރެކޯޑް ކޮށްފައިވާ އޮތް ކަމަށެވެ.
މިއީ، އެ ރިޕޯޓުގައި ބުނި ގޮތުގައި، ކުންފުނީގެ މާލީ ހާލަތާ ނުބައްދަލު މިންވަރަށް މުވައްޒަފުން ނަގައި، ބޭކާރު މަޝްރޫއުތައް ހިންގައި އިންތިހާއަށް އިސްރާފު ބޮޑުވެ، ކުންފުންޏަށާއި ހިދުމަތްދޭ ފަރާތްތަކަށް ވެފައި އޮތް ބޮޑު އިހުމާލެކެވެ.
އެ ރިޕޯޓުގައި ބުނީ، އާ މެނޭޖްމަންޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ފެނަކައިން ދެމުން އަންނަ ހިދުމަތްތަކަށް ބުރޫނާރާ ގޮތަކަށް ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ނަގާފައިވާ މުވައްޒަފުން މަދުކޮށް، ގެއްލުމުގައި ހިންގަމުން އައި މަޝްރޫއުތައް ހުއްޓާލައި، ހިންގުމުގެ ހަރަދުތައް އެތައް ގުނައެއް ކުޑަކުރުން ކަމަށެވެ.
އެ މަސައްކަތާ އެކު، ފެނަކައިގެ ހިންގުމުގެ ހަރަދުން އެއް އަހަރުގެ ތެރޭގައި 160 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދައްކަންޖެހިފައި އޮތް 1.3 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން، 300 މިލިއަން ރުފިޔާ ފާއިތުވި އަހަރުގެ ތެރޭގައި ވަނީ ދައްކައިފަ އެވެ.
މީގެ އިތުރުން، 1،094 ވެންޑަރުންނަށް ދައްކަންޖެހިފައި އޮތް 3.4 ބިލިއަން ރުފިޔާގެ ތެރެއިން 600 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ. އޭގެ ތެރޭގައި 281 ވެންޑަރަކަށް އެއްކޮށް ފައިސާ ދައްކާ ވަނީ ހަލާސްކޮށްފަ އެވެ.
ނަމަވެސް، ފެނަކައަށް އާމްދަނީ ލިބޭ މައިގަނޑު މަގަކީ، ކޮންޓްރޯލް އަގުތަކެއްގައި ދެމުން އަންނަ ޔުޓިލިޓީ ހިދުމަތުން ކަމުން، މެދުނުކެނޑި ހިދުމަތްތައް ދެމުން ދައްކަންޖެހިފައި އޮތް ބޮޑު ދަރަނި އެއްކޮށް ހަލާސް ކުރުމަކީ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"މި އަހަރުގެ އާމްދަނީގެ ތެރެއިން 40 ޕަސެންޓު ރުފިޔާ ހޭދަކުރެވިފައިވަނީ ދަރަނި އަދާކުރުމަށެވެ. އެހެންކަމުން ކުންފުނި ހަމަ މަގަށް އެޅުވުމަށް، ދަރަނި ރީސްޓްރަކްޗާ ކުރުމާއި މާލީ އެހީތެރިކަން މި ކުންފުންޏަށް ބޭނުންވެ އެވެ،" ފެނަކައިން އިއްޔެ އާންމުކުރި ރިޕޯޓުގައި ވެ އެވެ.
އެ ކުންފުނިން ބުނީ، ފެނަކައިގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އުނދަގޫ އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅިޔަސް، މައިގަނޑު ގޮތެއްގައި އަތޮޅު ތެރޭގައި ކުންފުނިން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކޮށް، ގާބިލުކަން އިތުރު ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކޮށް، އެ އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
މިގޮތުން 21 ރަށެއްގައި ފެނުގެ ހިދުމަތް އަލަށް ފެށުމާއި ފަސް ރަށެއްގައި ފެނުގެ ކެޕޭސިޓީ އިތުރު ކުރުމާއި ހަތަރު ރަށެއްގައި ނަރުދަމާގެ ހިދުމަތް އަލަށް ދޭން ފެށުނު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ފެނަކައިން ދޭ ކަރަންޓުގެ ހިދުމަތަށް ބަލާއިރު، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން 53 ރަށެއްގައި 61 އާ ޖެންސެޓް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ފެނަކައިން ދޭ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތަކަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ވެސް މި އަހަރުގެ ތެރޭގައި ވަނީ ކޮށްފަ އެވެ.
ފެނަކަ ޑިޖިޓަލައިޒް ކުރަން ކުރި މަސައްކަތްތަކުގެ ތެރޭގައި، ޑޭޓާ ސެންޓަރެއް ގާއިމުކުރުމާއި ވެންޑަރުންނާއި އެޗްއާރާއި އިންޓާނަލް ޓިކެޓިން އަށް ހާއްސަ ޕޯޓަލްއެއްގެ އިތުރުން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތްތައް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ހުއްޓާލައިފި
ފެނަކައިން އައިސް ޕްލާންޓްތައް ހިންގުން ހުއްޓާލައިފި
ހަރަދުކުޑަކޮށް، ދެ ކުއާޓަރުގައި ވެސް ފެނަކައަށް ފައިދާ
ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި
ފެނަކައިގެ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި
ފެނަކަ އިނދަޖެހިފައި، މުސާރަ ވެސް ދެވޭ ވަރެއް ނޫން!
ފެނަކައިގެ މައްޗަށް 27 މިލިއަން ރުފިޔާގެ ހުކުމެއް
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ
ކުންފުންޏަކަށް 13 މިލިއަން ދޭން ފެނަކައަށް ހުކުމެއް
ފެނަކައިގެ 6.7 މިލިއަން ހިފަހައްޓަން އަމުރު ނެރެފި