ބަންގްލަދޭޝްގައި ރަޝިއާގެ އެހީގައި ހަދާ ނިއުކްލިއާ އިންޖީނުގެއާ ގުޅުން ހުރި ފަސް ބިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއްގައި ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި އާއިލާގެ މައްޗަށް ތަހުގީގު ފަށައިފި އެވެ.
ބަންގްލަދޭޝްގައި ރަޝިއާގެ އެހީގައި ހަދާ ނިއުކްލިއާ އިންޖީނުގެއާ ގުޅުން ހުރި ފަސް ބިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއްގައި ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި އާއިލާގެ މައްޗަށް ތަހުގީގު ފަށައިފި އެވެ.
މިދިޔަ އޮގަސްޓް މަހު ވެރިކަން ވައްޓާލުމަށްފަހު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ހަސީނާގެ އިތުރުން ހަސީނާގެ ދަރިކަލުން ސަޖީބު ވަޒީދު ޖޯއީ އާއި ދެބެއިންގެ ދެ ދަރި އަންހެން ކޮއްކޮއެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ސަރުކާރުގެ ވަޒީރު ޓިއުލިޕް ރިޒްވާނާ ސިއްދީގާ ވެސް މި މައްސަލައިގައި ސުވާލުކުރަން ވަނީ ނިންމައިފަ އެވެ.
މި ތުހުމަތުތައް ބަލަން ހައި ކޯޓުން އެންގީ ހަސީނާގެ ސިޔާސީ ވާދަވެރިޔާ، ނޭޝަނަލިސްޓް ޑިމޮކްރެޓިކް މޫވްމަންޓް ޕާޓީގެ ޗެއާމަން ބޮބީ ހައްޖާޖް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
"އަޅުގަނޑުމެން އިންސާފު ހޯދަން މި މަސައްކަތްކުރަނީ ކޯޓުތައް މެދުވެރިކޮށް،" ހައްޖާޖް އޭއެފްޕީ އަށް ވިދާޅުވި އެވެ.
ނިއުކްލިއާ އިންޖީނުގެއެއް ހަދާ ދެކުނު އޭޝިއާގެ ފުރަތަމަ ގައުމުގެ ގޮތުގައި އެ ގައުމުގައި މި މަސައްކަތް ކުރަނީ 12.65 ބިލިއަން ޑޮލަރު ހޭދަކޮށްގެންނެވެ. މީގެ 90 ޕަސެންޓަކީ ލޯނެވެ. ތުހުމަތުތައް ގުޅެނީ މި މަޝްރޫއުއަށް ފަންޑު ހޯދި ގޮތަށެވެ.
މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހަސީނާ އާއި އާއިލާގެ ބޭފުޅުން "މެލޭޝިއާގެ އެކި އޮފްޝޯ ބޭންކް އެކައުންޓްތައް" މެދުވެރިކޮށް ރޫޕްޕޫރު ޕްލާންޓް ޕްރޮޖެކްޓުގެ "ފަސް ބިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި" ކަމަށް ބުނާ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
އެ ޕްލާންޓްގެ އަގު އާދަޔާ ހިލާފަށް ބޮޑު ކަމަށާއި އެކަމާ ގުޅޭ ގޮތުން ސުވާލު އުފެދޭ ގޮތަށް ހުރި ޕްރޮކިއުމަންޓް މުއާމަލާތްތައް ދިރާސާކުރާނެ ކަމަށް ކޮމިޝަނުް ބުންޏެވެ.
"ރިޝްވަތު ދިނުމާއި، އޮޅުވާލުމާއި، މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ބެލެވުން ފަދަ ކަންކަމުގެ ސަބަބުން މަޝްރޫއުގެ ނަޒާހަތްތެރިކަމާއި ރައްޔިތުންގެ ފައިސާ ބޭނުންކުރި ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދޭ،" އެ ކޮމިޝަނުން ބުންޏެވެ.
ހަސީނާއަށް 21 އަހަރުގެ ޖަލު ހުކުމެއް
ހަސީނާގެ ބޭންކް ލޮކަރުން 10 ކިލޯގެ ރަން ނަގައިފި
ހަސީނާ ހަވާލުކުރަން ބަންގްލާދޭޝްއިން އިންޑިއާގައި އެދެފި
ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި
މަރުގެ ހުކުމް އަންނަ ކުށް ހަސީނާއަަށް ސާބިތުވެއްޖެ
ހަސީނާއަށް ފަހު ވެސް ބަންގްލާދޭޝްގައި ސިޔާސީ މަރުތައް
އަންނަ މަހު ހަސީނާއަށް މަރުގެ ހުކުމް އިއްވަފާނެ
މުޒާހަރާކުރާނަމަ ހަމަލާދޭން ހަސީނާ އަމުރުކުރާ އޯޑިއޯއެއް
ޝައިހް ހަސީނާއަށް ހަ މަހުގެ ޖަލު ހުކުމެއް
ހަސީނާގެ ޕާޓީ ބަންގްލާދޭޝްގައި މަނާކޮށްފި