އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގުގެ ހަނދާނުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއި ކުރައްވައިފި އެވެ.
29 ޑިސެމްބަރ 2024
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގުގެ ހަނދާނުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއި ކުރައްވައިފި އެވެ.
އުމުރުން 92 އަހަރުގައި މަންމޯހަން ސިންގު އަވަހާރަވުމާ ގުޅިގެން ރައީސް ލިޔުއްވި މެސެޖުގައި ވިދާޅުވީ މަންމޯހަން ސިންގްއަކީ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި ހިކުމަތްތެރި ނިންމެވުންތަކެއް ނިންމަވައި އެތައް ބައެއްގެ އިހްތިރާމު ހޯއްދަވާފައިވާ ޝަހްސިއްޔަތެއް ކަމަށެވެ.
ރައީސް ވަނީ 2011 ވަނަ އަހަރުގެ ތެރޭގައި މަންމޯހަން ސިންގު ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ހަނދާންތައް އާކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގެ އުއްމީދުތަކަށް އިތުރު ހަރުދަނާ ކަމެއް ލިބުނު ކަމަށް ވިދާޅުވެފަ އެވެ.
މަންމޯހަން ސިންގު އަވަހާރަވީ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިގްތިސާދީ މާހިރެއް ކަމަށްވާ ޑރ.ސިންގު ވަނީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އިންޑިއާގެ 14 ވަނަ ބޮޑުވަޒީރު ކަމަށްވާ ސިންގް ވަނީ ގައުމުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވައިފަ އެވެ.
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ދެ ގައުމެއްގެ އާ ސަފީރުންގެ ފަތްކޮޅު އަރުވައިފި
"ފްލެޓު އަޅައިގެން ރަށްރަށުން މީހުން އާބާދުކުރަން ތާއިދުކުރަން"
ރައީސް މުއިއްޒަށް އެސްޓޯނިއާއިން ހޫނު މަރުހަބާއެއް
މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް މަަސްވެރިކަން ހެދޭނެ
ބަދަލު ހިފަން އެއްވެސް ކަމެއް ނުހިންގާނަން: ރައީސް
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
"ވައުދު ފުއްދޭނެ ބަޖެޓެއް، އަމަލީ ނަތީޖާ ނެރެދޭނަން"
އެޗްޓީއެސްއަކީ ޓެރަރިސްޓުންކަމަށް ރާއްޖެއިން ބަލާނެ
މަންމޯހަން ސިންގް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ