މާލެއަށް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އާއްމު ދަތުރުތަކަށް ބުރޫއަރާފައިވާތީ އެއާޕޯޓުގައި ތާށިވެފައި ތިބި މީހުން މާލެ ގެންނަން މިރޭ 1 ޖަހަންދެން ބަސް ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މާލެއަށް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އާއްމު ދަތުރުތަކަށް ބުރޫއަރާފައިވާތީ އެއާޕޯޓުގައި ތާށިވެފައި ތިބި މީހުން މާލެ ގެންނަން މިރޭ 1 ޖަހަންދެން ބަސް ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެއާޕޯޓު މިއަދު ބާރު ބޮޑުވީ ރާއްޖެ އިން އުމްރާ އަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް އެނބުރި އައުމާއި ޗުއްޓީއަށް ފަހު ފުރާ މީހުންނާއި އަންނަ މީހުން ގިނަ ވުމުންނެވެ.
މާލޭގެ މަގުތަކާއި ހުޅުލޭގައި ފެންބޮޑުވެފައި އޮތުމުން ޓެކްސީތަކުގެ ދަތުރު މިއަދު މަދެވެ. އެހެންވެ, އެމްޓީސީސީން ވަނީ އުމްރާ އިން އައި މީހުން ވެސް މާލެ ގެނައުމަށް ބަސް ދަތުރުތައް ބާއްވައިފަ އެވެ.
އެ ކުންފުނިން މިރޭ ބުނީ އެއާޕޯޓުގެ ޓްރެފިކް ބޮޑު ދުވަހަކަށް ވެފައި މޫސުން ގޯސްވުމާ އެކު އަދިވެސް ގިނަ ބަޔަކު އެއާޕޯޓުގައި އެބަތިބި ކަމަށެވެ. އެ މީހުންގެ ދަތުރު ފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ބަސްތައް މިރޭ އެކެއް ޖަހަން ދެން ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
"މި ކުންފުނިން ފޯރުކޮށްދެމުންދާ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R3 R4 R9 ގެ ބަސްތައް ދަތުރުކުރަން ހަމަޖެހިފައިވާ ކަން ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ," އެމްޓީސީން ބުންޏެވެ.
ބަސް ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދަން 1650 އަށް ގުޅަން އެމްޓީސީސީން އެދެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯހެވެ. މޫސުން ގޯސްވުމުގެ ސަބަބުން މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ފެންބޮޑުވެ، އުދައެރުމުގެ ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ. އަދި ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.
"ވިއްސާރައިގެ ސަބަބުން ފެރީ ދަތުރު ލަސްވެދާނެ"
މޫސުން ގޯސްވެ، ގިނަ އަތޮޅު ފެރީތައް ކެންސަލްކޮށްފި
"ނުވަރަ އެލިއާއަށް ދިޔަ ދިވެހި އާއިލާގެ ހަބަރެއްނުވޭ"
ޓްރެވެލް އެޑްވައިޒަރީ: އެއާޕޯޓަށް ދިއުމުގެ ކުރިން ގުޅާ
ލަންކާގައި އުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ
ވިއްސާރައިގެ ގެއްލުމުން އެނގެނީ މޫސުމީބަދަލުގެ ނުރައްކާ
ތޫފާނާ ހެދި މެދުރާއްޖެތެރެ އާއި ދެކުނަށް ވިއްސާރަކުރާނެ
މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް
މާލޭގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަން ފަށައިފި
ކޮޅިގަނޑު ގަދަވެ، ކުރިއަށް އޮތީ ވިއްސާރަ 24ގަޑިއިރު