އެމްޓީސީސީން އަތޮޅުތަކުގައި ދުއްވާ އަތޮޅު ފެރީތައް، މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކެންސަލްކޮށްފި އެވެ.
24 މެއި 2018
އެމްޓީސީސީން އަތޮޅުތަކުގައި ދުއްވާ އަތޮޅު ފެރީތައް، މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކެންސަލްކޮށްފި އެވެ.
އެމްޓީސީސީން ބުނީ ނުވަ އަތޮޅެއްގައި ދުއްވާ އެ ކުންފުނީގެ 20 ފެރީގެ ދަތުރުތައް ވެސް ކެންސަލްކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭން އުތުރުގެ ފަސް އަތޮޅާއި ގއ. އަތޮޅުގައި ދަތުރު ކުރާ ފެރީތަކެވެ.
މާލެ ސަރަހައްދުގެ ރަށްރަށަށް އެމްޓީސީސީން ކުރާ ގިނަ ދަތުރުތަކެއް ވެސް މޫސުން ގޯސްވުމާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށް، އެ ކުންފުނިން ބުނެ އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯވާރެއާ އެކު ވައި ގަދަވެ، ކަނޑު ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓު)ން ލަފާ ކުރެ އެވެ. އެހެންވެ، ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެތަނުން އިލްތިމާސް ކުރެ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓުން މިއަދު ވަނީ ހއ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
"ވިއްސާރައިގެ ސަބަބުން ފެރީ ދަތުރު ލަސްވެދާނެ"
މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް
މާލޭގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަން ފަށައިފި
ކޮޅިގަނޑު ގަދަވެ، ކުރިއަށް އޮތީ ވިއްސާރަ 24ގަޑިއިރު
މި ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ
ހޯމަދުވަހާ ހަމައަށް ވިއްސާރަ އަލިވާނެ ކަމަށް ނުބެލެވޭ
މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!