އަތޮޅުތެރޭގެ އިންޕްލޭޝަން ރޭޓު 0.8 ޕަސެންޓުން 4.3 ޕަސެންޓަށް މައްޗަށް އަރައިފި އެވެ.
06 ޖެނުއަރީ 2025
އަތޮޅުތެރޭގެ އިންޕްލޭޝަން ރޭޓު 0.8 ޕަސެންޓުން 4.3 ޕަސެންޓަށް މައްޗަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހަކީ، މިހާތަނަށް އެންމެ ބޮޑަށް އިންޕްލޭޝަން އިތުރުވި މަހެވެ. އެ މަހުގެ އިންފްލޭޝަން ހުރީ 4.3 ޕަސެންޓުގަ އެވެ. އަދި އޭގެ ކުރީ މަހު ހުރީ 0.8 ޕަސެންޓުގަ އެވެ. އެއީ 3.5 ޕަސެންޓުގެ އިތުރުވުމެކެވެ.
އާންމު ގޮތެއްގައި މާލެއާ އަޅާބަލާއިރު އަތޮޅު ތެރޭގައި ތަކެތީގެ އަގުތައް މައްޗެވެ. މިދިޔަ ނޮވެމްބަރު މަހު މާލެ ސަރަހައްދުގެ އިންފްލޭޝަން ހުރީ 3.9 ޕަސެންޓުގަ އެވެ.
އަތޮޅުތެރޭގައި އެންމެ ބޮޑަށް އަގުތައް އުފުލިފައި ހުރީ ގޭގެ ކުއްޔާއި ރެސްޓޯރެންޓުތަކުގެ އަގުތަކެވެ. އެތަކެތީގެ އިންފްލޭޝަން ހުރީ 27.5 ޕަސެންޓުގަ އެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ 27 ޕަސެންޓު އިތުރު އަދަދެކެެވެ. އޮކްޓޫބަރު މަހުގައި ކުއްޔާއި ރެސްޓޯރެންޓްތަކުގެ އަގުތައް ހުރީ 0.1 ޕަސެންޓުގަ އެވެ. މިއީ ނޮވެމްބަރު މަހުގެ އިންފްލޭޝަން އެހާ ބޮޑަށް އިތުރުވުމުގެ އެއް ސަބަބަކެވެ.
އަތޮޅުތެރެއިން ލިބޭ ކާބޯތަކެތީގެ އަގުތަކުގެ އިންފްލޭޝަން މިހާރު ހުރީ 3.5 ޕަސެންޓުގަ އެވެ.
އަތޮޅުތެރޭގައި ދޭ ސިއްހީ ހިދުމަތާއި ދަތުރުފަތުރާއި މަހުގެ ބާވަތްތަކުގެ އިތުރުން ތައުލީމީ ހިދުމަތްތަކާއި ކަރަންޓާއި ފެނުގެ ހިދުމަތްތަކުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. ނަމަވެސް، މުއާސަލާތީ ހިދުމަތްތަކާއި ގޭތެރެއަށް ބޭނުންވާ ސާމާނުތަކުގެ އިންފްލޭޝަން ވަނީ ދަށްވެފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އެ އަހަރުގެ އިންފްލޭޝަން އެންމެ މަތިން ރެކޯޑު ކޮށްފައިވަނީ ޖެނުއަރީގަ އެވެ. އެ މަހު އިންފްލޭޝަން ހުރީ 1.3 ޕަސެންޓުގަ އެވެ. އެހެންވެ، ނޮވެމްބަރު މަހުގެ އިތުރުވުމަކީ އެ މަހާ އަޅާބަލާއިރު 70 ޕަސެންޓުގެ އިތުރުވުމެކެވެ.
މިއަހަރު އަނެއްކާވެސް ލިންޓް ޗޮކްލެޓުގެ އަގުު ބޮޑުކުރަނީ
ޖެނުއަރީ މަހު ތަކެތީގެ އަގުތައް ދަށަށް
ފޯއް ބަސްތާއެއްގެ އަގު 9،000ރ. އަށް އަރައިފި
ކާބޯތަކެތީގެ އިންފްލޭޝަން 8.4 ޕަސެންޓުގައި
މިދިޔަ ކުއާޓާގައި ތަކެތީގެ އަގު މައްޗަށް
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
އިންފްލޭޝަން 7.5 ޕަސެންޓަށް އަރާނެ: ވޯލްޑް ބޭންކް
"އަގުތައް ކޮންޓްރޯލް ކުރެވުނީ ދުރާލާ ތައްޔާރުވީމަ"
ރާއްޖޭގެ އިގްތިސާދީ ދުވެލި ދާނީ ދަށަށް: އައިއެމްއެފް
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!