އެމްޑީޕީން މި މަހުގެ 31 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ފާސްކޮށްފި އެވެ.
09 ޖެނުއަރީ 2025
އެމްޑީޕީން މި މަހުގެ 31 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ފާސްކޮށްފި އެވެ.
އެމްޑީޕީން އެ އެއްވުން ބާއްވަން ފާސްކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެކަން އެ ޕާޓީގެ އިސް އޮފިޝަލަކު ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދީފަ އެވެ.
އެމްޑީޕީން މިދިޔަ މަހު ވަނީ "ގާނޫނުއަސާސީގެ ދިފާއުގައި" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވައިފަ އެވެ.
މި މަހު 31 ގައި ބާއްވާ އެއްވުމަކީ ވެސް އެ ހަރަކާތުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީން ހަރަކާތެއް ހިންގަން ފެށީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ އެއް ދުވަސް ތެރޭގައި ގާނޫނުއަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނައި މައްސަލާގަ އެވެ.
އެކަމާ ގުޅިގެން ސަރުކާރާއި ޕީއެންސީއަށް ވަނީ ބޮޑެތި ފާޑު ކިޔުން އަމާޒުވެފަ އެވެ.
އެމްޑީޕީން ބާއްވަން އުޅުނު މުޒާހަރާ ފަސްކޮށްފި
އެލްއާރުއޭޑީ ކުރިން ވެސް ބޭނުންކުރި: އިހުސާން
ނޮވެމްބަރު 17 ގައި އެމްޑީޕީ އަނެއްކާވެސް މުޒާހަރާއަށް
މުޒާހަރާއިން ހައްޔަރުކުރި ހަތް މީހަކު ބަންދަށް
މުޒާހަރާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެނީ
ތޫނު އަޑު ފޮނުވާ ހަތިޔާރެއް ބޭނުންކުރުމުން ކަންބޮޑުވުން
ސިޔާސީ ބަދަލު އަންނަން ޖެހޭނީ ވޯޓުން: ޕީއެންސީ
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
ފުލުހުންނަށް ހުރަސްއެޅި މީހުންނަށް ފިޔަވަޅު އަޅަނީ
"އެމްޑީޕީގެ އެއްވުމަކީ ސުލްހަވެރި ހަރަކާތެއް ނޫން"