ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖު ރޫޅާލުމުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ދޫކޮށްލަން އެ ޕާޓީން ގޮވާލައިފި އެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖު ރޫޅާލުމުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ދޫކޮށްލަން އެ ޕާޓީން ގޮވާލައިފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރަމުން އައި އިހުތިޖާޖު ފުލުހުން ބައެއް ދޯނިތަކަށް އަރައި އިއްޔެ ރޫޅާލައި، ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ މައުރޫފާ އެކު އެހެން ދެ މީހަކު ވެސް ހައްޔަރުކުރި އެވެ.
އެކަން ކުށްވެރިކޮށް އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މީހުން ހައްޔަރުކުރި ކުރުން ކުށްވެރިކޮށްފަ އެވެ.
އެމްޑީޕީން ބުނީ، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާއިރު، މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ފުލުހުން ހުއްޓުވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
"އެހެންކަމުން މަސްވެރިން ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ބާރުގެ ބޭނުންކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ވެސް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ،" ބަޔާނުގައި އެމްޑީޕީން ބުންޏެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނި ގޮތުގައި، މެމްބަރު މައުރޫފް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށެވެ. އަދި މަސްވެރިންގެ އިހުތިޖާޖު ރޫޅާލައި ބައެއް މީހުން ހައްޔަރުކޮށް، އެ އިހުތިޖާޖުގައި މަސްވެރިން ބޭނުންކުރި ބައެއް ދޯނިތައް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައީ ސަރުކާރުގެ "ދޯހަޅި ސިޔާސަތުތަކަށް" ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.
ބޮޑުކަންނެލީގެ މަސްވެރިން މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ކުރި އިހުތިޖާޖު ފުލުހުން ރޫޅާލީ އިއްޔެގެ މެންދުރުފަހު އެވެ. އޭގެ ފަހުން ފުލުހުންގެ އޮފިޝަލް ރޭ ވިދާޅުވީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ.
މާލޭގެ ރަސްމީ ފަލާމާ ދިމާލުން މާލޭގެ އުތުރުފަރާތަށް އެ ދޯނިފަހަރު ވައްދަން މަސްވެރިން މަސައްކަތްކުރުުމުން ފުލުހުންނާއި ސިފައިން ގުޅިގެން އެކަން ހުއްޓުވާފައިވާއިރު، ފުލުހުންގެ އޮފިޝަލް ވިދާޅުވީ، މާލެ ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށް ދަތި ނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އިޖާބަނުދީ، އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މި އެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅު ހަދައި، މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސްއަޅަން މަސައްކަތްކޮށް މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތް ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައި ވަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށައި ހަ މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު، މާލެ އޭރިޔާގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯ އިން މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ
ޖަވާބެއް ނުލިބިގެން އެމްޑީޕީން ހައުސިންމިނިސްޓްރީ ދޮށަށް
މަސްވެރިންނަށް ފައިސާ ދޭން ގޮވާލައި ކުއްލި މައްސަލައެއް
ޕީޕީއެމް މުޒާހަރާ: ބަންދުކުރި ނުވަ މީހަކު ދޫކޮށްލައިފި
މުޒާހަރާ ރޫޅާލުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
މަސް ކިރަން ލަންކާއަށް: ދެކޮޅު ޖެހޭނެ ކަމެއްތަ؟
މުޒާހަރާތަކަށް މީހުން އުފުލާ ދޯނިތަކުގެ ހުއްދަ ބާތިލް!