ސަފާރީއެއްގައި އުޅުނު ދިވެއްސަކު ކަނޑަށް ވެއްޓިގެން، ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ސަފާރީއެއްގައި އުޅުނު ދިވެއްސަކު ކަނޑަށް ވެއްޓިގެން، ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އދ. އަތޮޅުގެ ރިސޯޓެއް ކައިރީ އޮތް ސަފާރީއަކުން ކަނޑަށް ވެއްޓިގެން ހޯދަމުން ދިޔައީ ނ. ހޮޅުދޫ ސީވީޑް އަލީ އަރުޝަދެވެ.
އެމްއެންޑީއެފުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ، ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާގެ ހަށިގަނޑު، މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، ކަނޑުގެ 69 މީޓަރު އަޑިން ހޯދާފައިވާ ކަމަށެވެ.
އަދި ޑައިވަރުންގެ ޓީމުން، އެ މީހާގެ ހަށިގަނޑު، މިހާރު ލޯންޗަށް ނަގާފައިވާ ކަމަށެވެ.
އަރުޝަދު ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކްމަތީ ހުއްޓާ ވެއްޓި އުޅަނދުގެ އަރިމަތީ ޖެހިފައި ކަނޑަށް ވެއްޓޭ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނަމަވެސް، އޭނާ ކަނޑަށް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެ ނުވެ އެވެ.
މަހަށް ނުކުމެ އުޅުނު މީހުން ހޯދަން ޑްރޯން ބޭނުންކުރަނީ
ގެއްލުނުމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފައި
ކަނޑުމަތިން ފެނުނު މީހާ އާއި މަރުވި މީހާގެ ގުޅުމެއް؟
ޓޫރިސްޓުން ގެއްލުނު ހިސާބުން ދެ ހަށިގަނޑު ފެނިއްޖެ
ޓޫރިސްޓުން ގޮވައިގެން ދިޔަ އިތުރު ލޯންޗެއް އަޑިއަށް
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
ބޯޓުން ގެއްލުނުމީހާ ހޯދުން މެދުކަނޑާލައިފި
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ