މާލެ ސަރަހައްދަށް ރެއިން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރެއާ ގުޅިގެން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، މިއަދުގެ ހެނދުނު ހަޔަކާ ހަމައަށް 6،835 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށާއި ގިނަ ގެތަކަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ،
މާލެ ސަރަހައްދަށް ރެއިން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރެއާ ގުޅިގެން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، މިއަދުގެ ހެނދުނު ހަޔަކާ ހަމައަށް 6،835 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށާއި ގިނަ ގެތަކަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ،
ސިފައިން ބުނީ، މާލެ އިން ފެން ހިންދުމަށްޓަކައި 8 ސަރަހައްދެއްގައި 19 ޕަންޕު ޖަހައިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެއީ ވެސްޓްޕާކް ސަރަހައްދުގައި ހަތަރު ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ތިން ޕަމްޕާއި މާފަންނު ފެރީ ޓާމިނަލް ކައިރީގައި ތިން ޕަމްޕާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ބޮޑުވަޅު ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ކުޑަކުދިންގެ ބަގީޗާ ކައިރީގައި އެއް ޕަމްޕާއި ބިހުގެ ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕް އަދި އެމްޕީއެލް ސަރަހައްދުގައި އެއް ޕަމްޕެވެ.
މާލޭގެ ގެގެ އަށް ފެންގަނޑު ވަންނާތީ ސިފައިން ރޭގައި ވެލިބަސްތާ ޖަހައިދެނީ.---ފޮޓޯ: އެމްއެންޑީއެފް
ސިފައިން ބުނިގޮތުގައި، މިހާތަނަށް 58 ގެއަކަށް ވެސް ވަނީ އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ރޭ ފަތިހު 4:45 އިން މިއަދުގެ ހެނދުނު 8:45 އާ ހަމައަށް އއ. އާއި އދ. އަތޮޅަށް އޮރެންޖު އެލާޓެއް ނެރެފަ އެވެ. އެހެންވެ، އެ ސަރަހައްދަށް ގުގުރައި، ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މި މަހުގެ ތިން ވަނަ ދުވަހު ވެސް މާލެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރެ ވެހި، ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެ އަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށެވެ.
ފެން ބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމަށް ފަހު، އެންޑީއެމްއޭ އިން ބުނީ މާލެ އިން 145 ގެއަކަށް އެ ވިއްސާރާގައި ގެއްލުންވި ކަމަށެވެ. އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ވަނީ ހަދައިފަ އެވެ. އެކަމަކު 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާތީ އެ ގެތަކުގެ އެސެސްމަންޓެއް ނުހަދަ އެވެ.
މާލޭ މަގުތަކުން 10،000އެއްހާ ޓަނު ފެން ބޭރުކޮށްފި
ޕަންޕު ބޭނުންކޮށްގެން ފެން ހިންދުން މިހާރު ފަސޭހަވާނެ
ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެއްޖެ
މާލެ އަށް އިއްޔެ 223 މިލިމީޓަރުގެ ވާރޭ ވެހުނު
ފެންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައި: އެމްއެންޑީއެފް
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
ވިއްސާރާގައި ގެއްލުން ލިބުނު ގޭގޭގެ ހާލަތު ބަލައިފި