ސީރިއާގައި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށް ފަހު އެ ގައުމާއި ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މެދުއިރުމައްޗާއި ޔޫރަޕްގެ އިސް ޑިޕްލޮމެޓުންގެ ބޮޑު ސަމިޓެއް މިއަދު ސައޫދީ އަރަބިއްޔާގައި ފަށާނެ އެވެ.
ސީރިއާގައި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށް ފަހު އެ ގައުމާއި ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މެދުއިރުމައްޗާއި ޔޫރަޕްގެ އިސް ޑިޕްލޮމެޓުންގެ ބޮޑު ސަމިޓެއް މިއަދު ސައޫދީ އަރަބިއްޔާގައި ފަށާނެ އެވެ.
އާދީއްތަ ދުވަހު ބާއްވާ މަޝްވަރާތައް ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ދަންފަޅީގައި ތުރުކީ، ފްރާންސް، ޔޫރަޕިއަން ޔޫނިއަން އަދި އދ.ގެ އޮފިޝަލުން ބައިވެރިވާނެ ކަމަށް ސައޫދީގެ އޮފިޝަލަކު ހޮނިހިރު ދުވަހު އޭއެފްޕީއަށް ވިދާޅުވި އެވެ.
މި އެއްވުން މި ބާއްވަނީ ބައްޝާރުގެ ޒަމާންވީ ވެރިކަން މިދިޔަ މަހު ވައްޓާލި ސީރިއާގެ އާ ލީޑަރު އަހުމަދު އަލް ޝަރާ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ގޮވާލައްވާ ވަގުތެއްގަ އެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން ފަދަ ހުޅަނގުގެ ބާރުތަކުން އަސަދުގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ 2011 ވަނަ އަހަރު ސަރުކާރާ ދެކޮޅު މުޒާހަރާތައް ރޫޅާލައި ދާހިލީ ހަނގުރާމައަކަށް ގައުމު ވައްޓާލި ކަމަށް ބުނެ އެވެ.
ސީރިއާގައި 13 އަހަރަށްވުރެ ގިނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، އިގްތިސާދު ހަލާކުވެފައި ވާއިރު ޔޫރަޕާއި އެކި ތަންތަނަށް އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ އެންމެ އިސް ޑިޕްލޮމެޓް ކަޖާ ކަލާސް ހުކުރު ދުވަހު ވިދާޅުވީ ސީރިއާގެ އާ ވެރިން މައިނޯރިޓީތައް ހިމާޔަތްކުރާ، އެންމެން ހިއްސާވާ ސަރުކާރެއް އެކުލަވާލުމަށް ފިޔަވަޅުތަކެއް އަޅައިފި ނަމަ، 27 ގައުމު ހިމެނޭ އިއްތިހާދުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ފަށާނެ ކަމަށެވެ.
ސައުދީ އަރަބިއްޔާއިން ބައްޝާރުގެ ސަރުކާރާ ގުޅުން ކަނޑާލީ 2012 ވަނަ އަހަރު އެވެ. ނަމަވެސް 2023 ވަނަ އަހަރު އަރަބި ލީގުގެ ބައްދަލުވުމެއް ބާއްވައި ބައްޝާރަށް އަލުން ސަރަހައްދީ މައިދާނަށް މަރުހަބާ ކިޔާފައިވެ އެވެ. މެދުއިރުމަތީގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ސައުދީން މި މަހު ވަނީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި ސިއްހީ ސާމާނު ސީރިއާއަށް އެއްގަމާއި ވައިގެ މަގުން ފޮނުވައިފަ އެވެ.
ބައްޝާރު ވެއްޓުމަށް ފަހު ސީރިއާގައި އެންމެ ފުރަތަމަ އެމްބަސީތައް ހުޅުވި ތުރުކީ އާއި ގަތަރާ ހިލާފަށް ސައޫދީން ސީރިއާއާ މެދު ވިސްނުންތެރިކަމާ އެކު އަމަލުތައް ބަހައްޓާ ކަމަށް ވަނީ ބެލެވިފަ އެވެ.
ސީރިއާގެ ލީޑަރާއި ސައޫދީ ވަލީއަހުދުގެ ބައްދަލުވުމެއް
ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅު އުވާލަންޖެހޭ: ސައޫދީ
13 އަހަރަށް ފަހު ބައްޝާރު ސައުދީ އަށް ވަޑައިގެންފި
އަރަބި ޚާރިޖީ ވަޒީރުން ސީރިޔާ އަށް މަރުހަބާ ކިޔައިފި
ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި ސައުދީން އަތުލައިގެންފި
އަހަރުތަކަށް ފަހު ސީރިޔާ އާއި ސައޫދީ އެއްގަލަކަށް
ބިދޭސީ ސިފައިން ސީރިއާ އިން ބާލަން ބޭނުން: ސައޫދީ
ސީރިއާ އިން ސިފައިން ފޭބުމާ ސައުދީ ޕްރިންސަކު ދެކޮޅު
ސީރިޔާ މިނިވަން ވަންދެން ހިޒްބުﷲއާއި އީރާން ނުފައިބާނެ
އެމެރިކާ ސިފައިން ސީރިއާގައި ތިބޭ ނަމަ ސައުދީން އަގު ދޭން ޖެހޭނެ