ސީރިއާގެ އިންތިގާލީ ރައީސް އަހްމަދު އަލް ޝަރާ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ސީރިއާގެ އިންތިގާލީ ރައީސް އަހްމަދު އަލް ޝަރާ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ޝަރާ، އޭނާގެ ހާރިޖީ ވަޒީރު އަސްއަދު އަލް ޝައިބާނީއާ އެކު ސައޫދީއަށް ވަޑައިގަތުމާ އެކު ސައުދީ އޮފިޝަލުން މަރުހަބާ ދަންނަވާ މަންޒަރު ދައުލަތުގެ ޓީވީން ވަނީ ދައްކައިފަ އެވެ.
ސައުދީގެ ރަސްމީ ނޫސް އެޖެންސީން ފަހުން ވަނީ ޝަރާއަށް މުހައްމަދު މަރުހަބާ ދަންނަވައި، ބައްދަލުކުރައްވާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ސީރިއާގެ އިންތިގާލީ ރައީސް އަހްމަދު އަލް ޝަރާ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ސައުދީ އަރަބިއްޔާގެ ރިޔާޟަށް ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ
މިދިޔަ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވި ޝަރާ ސީރިއާގެ އިންތިގާލީ ރައީސަކަށް ހަމަޖެއްސީ މިދިޔަ ބުދަ ދުވަހު އެވެ. ސައުދީ ރަސްގެފާނު ސަލްމާނާއި ދަރިކަލުން މުހައްމަދު ހިމެނިވަޑައިގަތީ ޝަރާ އަށް ފުރަތަމަ މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގަ އެވެ.
ސީރިއާ އިން އަންނަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ގައުމު އާރާސްތުކުރުމަށް ގަލްފުގެ މުއްސަނދި ގައުމުތަކުގެ އެހީ ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.
އިޒްރޭލުން ސީރިއާގެ ކަންކަމާ ނުބެހެން ޓްރަމްޕު އިންޒާރު
މުހައްމަދަކީ އިންސާނީ ހައްގުގައި ނަމޫނާއެއް: ޓަރްމްޕު
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
އައިސިސްއާ ދެކޮޅު އިއްތިހާދުގައި ސީރިއާ ބައިވެރިވަނީ
ކުރީގެ "ޓެރަރިސްޓް" އެންމެ ފަހުން ވައިޓް ހައުސްއަށް
ސައޫދީ ވަލީ އަހުދު އެމެރިކާގެ ރައީސާ ބައްދަލުކުރައްވަނީ
އިޒްރޭލާހެދި ހާލަތު އޮޅުންބޮޅުންވެއްޖެ: ސީރިއާގެ ލީޑަރު
ސައޫދީ އާއި ގަތަރުން ސީރިއާގެ ދަރަނި ދައްކައިދެނީ
ސީރިއާގެ ހަމަނުޖެހުންތަކުގައި ހާހެއްހާ މީހުން މަރު
ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅު އުވާލަންޖެހޭ: ސައޫދީ